ދިރާގު މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، ޑޭޓާ އެޑް-އޮން ތަކުން %50 ޑިސްކައުންޓް ދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދިރާގު މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، ޑޭޓާ އެޑް-އޮން ތަކުން %50 ޑިސްކައުންޓް ދެނީ!

ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިރާގު މަމެން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން، މި ދުވަސްވަރު ޑޭޓާ ބޭނުންކުރުން އިތުރުވާނެތީވެ، މާރިޗު މަހުގައި ނަގާ މަމެން ޑޭޓާ އެޑް-އޮން ތަކުން %50 ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި، ރެސިޑެންޝަލް އަދި ވިޔަފާރި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދީފައިއެވެ. އެގޮތުން ގޭގެ އިންޓަނެޓް ޕެކޭޖްތަކަށް %30 އިތުރު ޑޭޓާ ވަނީ މިހާރު ދީފައިއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ޕްރީޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ ބަންޑަލްތަކުން %30 ޑިސްކައުންޓް ވަނީ ދީފައިއެވެ. މީގެ އިތުރުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަންތްލީ ރެންޓަލްއިން %25 ޑިސްކައުންޓް ދޭން ވަނީ ނިންމާފައިއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ޤައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ. 

މީގެ އިތުރުންވެސް ދިރާގުން ވަނީ އިތުރު ކަސްޓަމަރ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

މިއަދު އޮންލައިން