ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތައް ވެސް ހަފްތާއަކަށް ބަންދު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތައް ވެސް ހަފްތާއަކަށް ބަންދު!

ކޮވިޑް19ގެ ބަލިމަޑުކަމާ ބެހޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އާއި ކަމާބެހޭ އިދާރާތަކުން ދެއްވާދައިވާ އިރުޝާދުގެ ދަށުން ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތައް 19 – 26 މާރިޗު 2020 އަށް ބަންދުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނެފައިވަނީ މިދުވަސްވަރު ކަސްޓަމަރުންނަށް އިލްތިމާސްކޮށްލަން ބޭނުން ވަނީ ދިރާގު މޮބައިލް އެޕް އަދި ވެބްސައިޓުގައިވާ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންގެ ޚިދުމަތްތައް މެނޭޖްކުރެއްވުމަށާއި ކޮންމެހެން ގުޅުއްވަން ޖެހިއްޖެ ހާލަތެއްގައި ދިރާގު ވެބްސައިޓުގައި ވާ ލައިވް ޗެޓް، އައިމެސެޖިންގ، ވައިބަރ ހެލްޕް އަދި ފޭސްބުކް މެސެންޖަރ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރެއްވުން އެދޭކަމަށެވެ.

ދިރާގުން އަބަދުވެސް ބަލަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް އެހީތެރިވެ، ލުއިފަސޭހަ ފޯރުކޮށްދިނުމަށެވެ.

މިއަދު އޮންލައިން