ދިިރާގުން ކޮވިޑް ސާމްޕްލިންގ ކިއޯސްކްތައްކެއް ހެލްތަށް މިނިސްޓްރީއަށް ހަދިޔާ ކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ދިިރާގުން ކޮވިޑް ސާމްޕްލިންގ ކިއޯސްކްތައްކެއް ހެލްތަށް މިނިސްޓްރީއަށް ހަދިޔާ ކުރަނީ!

ދިރާގުން ކޮވިޑް19 ސާމްޕްލިންގ ކިއޯސްކްތަކެއް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކުރަން ނިންމައިފިއެވެ. މިގޮތުން، މިރޭ ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ ކިއޯސްކް މިނިސްޓްރީ އޮފް ހެލްތަށް ހަވާލުކޮށްފައިއެވެ.

ދިރާގުން ބުނެފައިވަނީ މި ކިއޯސްކްތަކަކީ ކުރީ ސަފުގައި މަސައްކަތްކުރަމުންދާ ސިއްޙީ މާހިރުންނަށް ކޮވިޑް19 އަށް ބަލި މީހުން ޓެސްޓު ކުރުމަށް ބޭނުން ކުރެވޭނެ ރައްކާތެރި ވަސީލަތެއްކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތްގެ ބޭނުންތަކަށް 15 ސާމްޕްލިންގ ކިއޯސްކް ދިރާގުން ހަދިޔާ ކުރަން ނިންމާފައިވާއިރު، މި ކިއޯސްކްތައް މިނިސްޓްރީ އޮފް ހެލްތުން ވަނީ ގްރޭޓާ މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެޓުމަށް ހަމަޖައްސާފައިއެވެ.  

މި ސާމްޕްލިންގ ކިއޯސްކްތައް ކުރީސަފުގައި މަސައްކަތް ކުރާ ސިއްޙީ މާހިރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އެހީއަކަށް ވެެގެންދާނެއެވެ. ސަބަބަކީ މި ކިއޯސްކްތަކުގެ އެތެރޭގައި ހުރެގެން ބަލި މީހުން ނުވަތަ ބައްޔަށް ޝައްކުރެވޭ މީހުންގެ ސާންޕަލް ނެގުމުން އެފަދަ ފަރާތްތަކާ ޑައިރެކްޓް  ކޮންޓެކްޓް އެއްގޮތަކަށްވެސް ނުވާނެތީއެވެ. މީގެ އިތުރުން،  މި ކިއޯސްކްތައް ބޭނުން ކުރުމުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް ނުވަތަ ޕީ.ޕީ.އީ ބޭނުން ކުރަންޖެހޭ މިންވަރު މަދުވެގެންދާނެއެވެ. މުޅި ދުނިޔޭގައިވެސް ޕީ.ޕީ.އީ ލިބުމުގައި ދަތިތަކެއް އުޅޭ މި ފަދަ ދަނޑިވަޅެއްގައި، މި ކިއޯސްކްތަށް މެދުވެރިކޮށް، ރައްކާތެރިކަމާއެކު ގިނަ ބައެއްގެ ސާމްޕަލް ނެގުމަށް މަގުފަހިވެގެން ދާނެއެވެ.  

މި އީޖާދީ ކޮވިޑް19 ސާމްޕްލިންގ ކިއޯސްކްތަކުގެ މޮޑެލް އެންމެ ފުރަތަ އުފައްދާފައިވަނީ ސައުތު ކޮރެއާގައި އެވެ. އޭގެ ފަހުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިފަދަ ކިއޯސްކްތައް ވަނީ އުފައްދާ، ބޭނުންކުރަން ފަށާފައިއެވެ. މީގައި އެކުލެވިގެންވާ ޝީލްޑިންގ ސްކްރީން މަސައްކަތްކުރާނީ ޕޭޝަންޓުންގެ ކިބައިން އަންނަ ޑްރޮޕްލެޓްސް ސިއްޙީ އެހީތެރިންނާއި ކޮންޓެކްޓް ނުވާނެ ފަދަ އައްޑަނައެއްގެ ގޮތުގައިއެވެ. އެހެން ކަމުން ޕީ.ޕީ.އީ ގިނަގިނައިން ބަދަލު ކުރަން ޖެހުން ކުޑަވެގެން ދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ކިއޯސްކެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

މި ކިއޯސްކްތަކުގެ އެންމެ ފުރަތަމަ  ޕްރޮޓޮޓައިޕް އާއި ޕްރްޑަކްޓް ރާއްޖޭގައި ފަރުމާކޮށްފައިވަނީ އެމް.އެން.ޑީ.އެފް ސެނަހިޔާއާ ގުޅިގެން ޕްރިންޓް ލެބް ކްރިއޭޓިވްސްއިންނެވެ.  އަދި ތައްޔާރުކޮށްފައިވަނީ މިނިސްޓްރީ އެފް ހެލްތް އަދި ނެޝެނަލް އެމަޖެންސީ އެޕަރޭޝަން ސެންޓަރުގެ ލަފަޔާ އިރުޝާދާ އެއްގޮތަށެވެ. 

ދިރާގުން ބުނެފައިވަނީ އެކުންފުނިން އުންމީދު ކުރަނީ މި ސާމްޕްލިންގ ކިއޯސްކް ތަކުގެ ސަބަބުން ކޮވިޑް19 އަށް ރައްކާތެރިކަމާއެކު ޓެސްޓް ކުރުން އިތުރު ވެގެންދާނެކަމަށެވެ. އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް، އަމިއްލަ ފުރާނަ އަތް މައްޗަށްލައިގެން ކުރީސަފުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެންދާނެކަމަށެވެ. 

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށާއި މުޅި މުޖުތަމައަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. 

މިއަދު އޮންލައިން