ލޮކްޑައުންގައި ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތަކެއް ދިރާގު ކަސްޓަމަރުންނަށް ފޯރުކޮށްދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ލޮކްޑައުންގައި ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތަކެއް ދިރާގު ކަސްޓަމަރުންނަށް ފޯރުކޮށްދީ

ކަންމަތީފިހާރައަށް ގޮސް ރީލޯޑް ކޮށްލުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާދަވެފައި އޮންނަ ގޮތެވެ. ނަމަވެސް ރާއްޖޭގައި މިހާރު ގާއިމު ކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ގެ ކައިރި ކަންމަތީ ފިހާރައަށްވެސް ދިޔުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެދެވިގެންވާ ކަމެއްވެސް ނޫނެވެ. މި ދުވަސްވަރަކީ ގޭގައި ތިބެގެން، ރައްކާތެރިކަމާއެކު ހުރިހާ ކަމެއްހެން އޮންލައިންކޮށް ކުރަން ޖެހިފައިވާ ދުވަސްވަރެކެވެ. މިއީ ޑިޖިޓަލް ވާންޖެހިފައިވާ ވަގުތެވެ.

ދިރާގުން ވަނީ ދިރާގުގެ ހުރިހާ ޚިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި ދިރާގު މޮބައިލް ޕްރީޕެއިޑް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހިމެނެއެވެ. އޭގެ ތެރޭގައި:

ދިރާގު މޮބައިލް އެޕްލިކޭޝަން

-  ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue”  އަށް ފިތާލާށެވެ.

-  ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.

-   ދިރާގު މޮބައިލް އެޕް މެދުވެރިކޯށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް - https://www.youtube.com/watch?v=XF4LuBsQ-JM

ދިރާގު ވެބްސައިޓް

-   ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓަށް ވަނުމަށްފަހު ސްކްރީންގެ ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައި އިންނަ “Easy TopUp” އަށް ފިތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިތާލާށެވެ. ދެން، ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.

-  ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.

-   ދިރާގު ވެބްސައިޓް މެދުވެރިކޮށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް - https://www.youtube.com/watch?v=W9hDmHdACoY

ދިރާގު ޕޭ

-   ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile”  ނުވަތަ “Reload Another”  އަށް ފިތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ.

-   ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20% އިތުރު ކްރެޑިޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 30 ޖޫން 2020 ގެ ނިޔަލަށެވެ.

-  ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓްކާޑް  މެދުވެރިކޮށް ކުރެވޭނެއެވެ.  

 

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

މިއަދު އޮންލައިން