ދިރާގު ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކޭނެ ގިނަ ގޮތްތަކެއް އެކުންފުނިން ހަމަޖައްސައިފިއެވެ.
ދިރާގުން ބުނެފައިވަނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތައް ލޮކްޑައުން ހާލުތުގައި ވުމުގެ ސަބަބުން ޕިތުރު ޒަކާތް ދެއްކުމަށް އެހެން އަހަރު ތަކޭ އެއްފަދައިން މިއަހަރުވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދީފައިވާކަމަށެވެ.
ދިރާގު ޕޭ
ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް https://www.dhiraagu.com.mv/ocs/service_zakath.aspx މި ލިންކަށް ޒިޔާރަތް ކޮށްލާށެވެ. އަދި އެއަށްފަހު ތިރީގައިމިވާ ފޮޓޯގައި ހިމެނޭ ބައިތައް ފުރިހަމަ ކުރުމުން ޒަކާތް ދެއްކޭނެއެވެ. ޒަކާތް ދެއްކުމުގެ ކުރިން ދިރާގު ޕޭ ވޮލެޓްގައި ނުވަތަ އެކައުންޓުގައި ފައިސާ ހުރިތޯ ބަލާލަން ވާނެއެވެ. ފަސޭހަކަމާއެކު ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް ބޭނުންކުރެވޭނެއެވެ.
ދިރާގު ނައު އެޕް
ދިރާގުން އަލަށް ތަޢާރަފުކުރި "ނައުއެމްވީ" އެޕް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެގޮތުން އެޕް ސްޓޯރ އަދި ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑްކޮށްލެވޭ މި އެޕް މެދުވެރިކޮށް ފިތުރު ޒަކާތްދެއްކުމަށް، އެކަމަށް ކަނޑައަޅާފައިވާ ޓެބަށް ފިއްތާލުމަށްފަހު، އޭގައި ހިމެނޭ ބައިތައް ފުރިހަމަ ކޮށްލާށެވެ. ނައު އެޕް މެދުވެރިކޮށް ފިތުރު ޒަކާތްދެއްކޭނީވެސް ދިރާގު ޕޭ ކަސްޓަމަރުންނަށެވެ. ނައު އެޕް މެދުވެރިކޮށް ޒަކާތުގެ އިތުރުން، ޞަދަޤާތްވެސް ދެއްކޭނެއެވެ.
ދިރާގު ޕްރީޕެއިޑް
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެހެން އަހަރުތަކެކޭ އެއްފަދައިން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ވަނީ ދިރާގުން ފަހިކޮށްދީފައިއެވެ. އެސް.އެމް.އެސް. މެދުވެރިކޯށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ *454*5# އަށެވެ.
ދިރާގު ޚިދުމަތްތައް މެދުވެރިކޮށް ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށެވެ.
ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން އިތުރު ޑޭޓާ އަދި ޑިސްކައުންޓް ދިރާގު މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މެއި މަހުގެ ނިޔަލަށް ދޭންވަނީ ނިންމާފައިއެވެ.
ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް
https://www.dhiraagu.com.mv/supporting_our_community.aspx
ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.