ދިރާގުން މަޓާޓޯ އަދި އެން. ބީ. އޭ. އެމް އިން ކާބޯތަކެތި ފޯރުކޮށްދޭ ޕްރޮގުރާމަށް އެހީތެރިކަން ފޯރުކޮށްދީފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދިރާގުން މަޓާޓޯ އަދި އެން. ބީ. އޭ. އެމް އިން ކާބޯތަކެތި ފޯރުކޮށްދޭ ޕްރޮގުރާމަށް އެހީތެރިކަން ފޯރުކޮށްދީފި

ދިރާގުން ކޮވިޑް19 އާ ގުޅިގެން މުޖުތަމަޢަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއްދަނީ ކޮށްދެމުންނެވެއެގޮތުން، ދިރާގުން މޯލްޑިވްސް އެސޯސިއޭޝަން ފޮ ޓްރެވަލް އެޖަންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯއާއި ނެޝެނަލް ބޯޓިންޖ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމްއިން ކާބޯތަކެތި ފޯރުކޮށްދޭ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރަމަޟާން މަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި މި ޕްރޮގުރާމު، ރަމަޟާންމަހުގެ އިތުރުން ފިތުރު ޢީދާއި ޝައްވާލްމަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ

މަޓާޓޯ އާއި އެން.ބީ.އޭ.އެމް އިން ފެށި މި ޕްރޮގުރާމު ދިރާގުން ބަލައިގަނެ، މި ކަމަށް އެއްބާރުލުންދޭން ނިންމި ސަބަބަކީ މި ދަނޑިވަޅުގައި މިއީ އިންސާނިއްޔަތަށްޓަކާ ކޮށްދޭ ނުހަނު އަގުހުރި މަސައްކަތައްކަށްވާތީއެވެ. މި ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މި ފަރާތްތައް މިހާރު ދިރިއުޅެމުންދަނީ މާލެ އަދި ހުޅުމާލޭގައި ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގައިއެވެ. މިއަދާ ހަމައަށް މި ޕްރޮގުރާމްގެ ދަށުން 25000 އެއްހާ "މީލް ޕެކޭޖްވަނީ ހަދިޔާކޮށްފައިއެވެ މި ފަރާތްތައް މިހާރު  

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ސަރުކާތުގެ އިދާރާތަކާއި، އެންޖީއޯ ތަކަށާއި މުޅި މުޖުތަމައަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރިއަށްގެންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް https://www.dhiraagu.com.mv/supporting_our_community.aspx

 

 

   

މިއަދު އޮންލައިން