ކޮވިޑް އާ ގުޅިގެން ފޯރުކޮށްދީފައިވާ އޮފަރތައް އަންނަ މަހުވެސް ލިބޭނެ: ދިރާގުން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
ކޮވިޑް އާ ގުޅިގެން ފޯރުކޮށްދީފައިވާ އޮފަރތައް އަންނަ މަހުވެސް ލިބޭނެ: ދިރާގުން

ކޮވިޑް19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާ ވަމުންދާ ތަދިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އަށް ފޯރުކޮށްދީފައިވާ އޮފަރ ތަށް ޖޫން މަހުވެސް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މާރިޗް މަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ހިސާބުންފެށިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ އަދި ޑިސްކައުންޓް ދެމުންނެވެ. މި ދުވަސްވަރަކީ ހުރިހާ އެންމެންވެސް ގޭގައި ތިބެން ޖެހިފައިވާ  ދުވަސްވަރެއް ކަމުގައި ވުމުން، ޑޭޓާ ބޭނުން ކުރާވަރު ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ކުރިން ފޯރުކޮށްދެމުން އައި އޮފަރތައް ޖޫން މަހުވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖައްސާފައިއެވެ.  

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 

-  ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50% އާއި 140% އާ ދެމެދުގެ ހިލޭ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެއެވެ.

-  މާރިޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓަރތަކުން 50% ޑިސްކައުންޓް 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ. 

ދިރާގު މޮބައަލް ކަސްޓަމަރުންނަށް

މޮބައިލް ޕޯސްޓްޕެއިޑް

-  ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50% އާއި 75% އާ ދެމެދުގެ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެއެވެ

-  މާރިޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓަރތަކުން %50 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.  

މޮބައިލް ޕްރީޕެއިޑް

-  މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުން ބައްލަވައިގަންވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.

-   ވޮއިސް އެޑް-އޮންތަކުން %50 ޑިސްކައުންޓް 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ. 

މަމެން

-   20% އިތުރު އެލަވަންސް މަމެންގެ ހުރިހާ ޑޭޓާ ބަންޑަލްތަކުން 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.

މޮބައިލް ހޯމް ބްރޯޑްބޭންޑް

-         ހުރިހާ އެލް.ޓީ.އީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ބޫސްޓަރ ތަކުން %50 ޑިސްކައުންޓް 15 ޖޫން 2020 ގެ ނިޔަލަށް ލިބިގެންދާނެއެވެ. 

 

ދިރާގުން ބުނެފައިވަނީ އެކުންފުނިން ދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން ކަމަށެވެ. 

މިއަދު އޮންލައިން