އޮންލައިންކޮށް ދިރާގުގެ ހުރިހާ ޚިދުމަތެއް ލިބޭ "މައިއެކައުންޓް" ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އޮންލައިންކޮށް ދިރާގުގެ ހުރިހާ ޚިދުމަތެއް ލިބޭ "މައިއެކައުންޓް" ތައާރަފްކޮށްފި

އޮންލައިންކޮށް ދިރާގުގެ ހުރިހާ ޚިދުމަތެއް ލިބޭ "މައިއެކައުންޓް" އެކުންފުނިން ތައާރަފްކޮށްފިއެވެ. 

ދިރާގުން ބުނެފައިވަނީ މި ދުވަސްވަރަކީ ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްކޮޅެއް ކަމުގައި ވުމުން ގޭގައި ތިބެގެން އޮންލައިންކޮށް ދިރާގުގެ ހުރިހާ ޚިދުމަތްތައް ބެލެހެއްޓުމަށް ނުވަތަ މެނޭޖުކުރުމަށް ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް" އަކީ ދިރާގު ކަސްޓަމަރުންނަށް ވަރަށް މުހިންމު އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބަލައިގެން ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމަށެވެ.

"މައިއެކައުންޓް" މެދުވެރިކޮަށް ގޭގެ އިންޓަނެޓް ޕެކޭޖް ބަދަލުކޮށް، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖްގެ ތަފުސީލު ބަލާލައި، ބިލް ދައްކާ އަދި ދިރާގުގެ އެކި އެކި ޚިދުމަތަތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިން ކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް މައިއެކައުންޓް ޚިދުމަތުން ކަސްޓަމަރުންނަށް ލިބިގެން ދެއެވެ.

 

ދިރާގު މައި އެކައުންޓް (MyAccount) ޚިދުމަތް ބޭނުން ކުރުމަށް އެންމެ ފުރަތަމަވެސް ދިރާގު ވެބްސައިޓަށް ޒިޔާރަތްކޮށްލައްވާފައި، ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައިވާ "މައިއެކައުންޓް" އަށް ފިއްލާތުމަށްފަހު ރިޖިސްޓަރ ކޮށްލާށެވެ. https://www.dhiraagu.com.mv/ocs/register.aspx

ރެޖިސްޓަރ ކުރުމަށްފަހު، އެކައުންޓަށް ލޮގިން ވެލާފައި މައި އެކައުންޓްގެ ޚިދުމަތްތަށް ބޭނުން ކުރެވޭނެއެވެ.

 

 

 

މިއަދު އޮންލައިން