ދިރާގު ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރ ތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.
ދިރާގުން ބުނެފައިވަނީ މިއީ "ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޚާލަތުގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެ ގޮތުން ދިރާގުން ދީފައިވާ އެލަވަންސް އާއި ޑިސްކައުންޓް ތަކެެއްކަމަށެވެ.
ހޯމް ފިކްސްޑް ބްރޯޑްބެންޑް - 33% އިތުރު އެލަވަންސް 21 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން ލިބިގެންދާނެއެވެ.
މޮބައިލް ޕޯސްޓްޕެއިޑް - 30% ޑިސްކައުންޓް 16 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން ލިބިގެންދާނެއެވެ.
މަމެން- 20% އިތުރު އެލަވަންސް 20 ޖޫން 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ޑޭޓާ ބަންޑަލް ތައަކުން ލިބިގެންދާނެއެވެ.
ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިގިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެކެވެ.