ފައިބަރ ބްރޯޑްބޭންޑް ހިލޭ ގުޅައިދިނުމާއި ރައުޓަރެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގު ފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ފައިބަރ ބްރޯޑްބޭންޑް ހިލޭ ގުޅައިދިނުމާއި ރައުޓަރެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގު ފަށައިފި!

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް ހޯއްދަވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ތައާރަފުކޮށްފިއެވެ. 

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަރ ވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން، ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން ކަނެކްޝަން ފީ އިން%50 ޑިސްކައުންޓް  އަދި ރައުޓަރ ހިލޭ އިން ލިބިގެންދާނެއެވެ. 

ދިރާގުން ބުނެފައިވަނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓް 2020 ގެ ނިޔަލަށް ކަމަށެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކް ތަޖުރިބާކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. ވަކިން ހާއްސަކޮށް މިދުވަށްވަރަކީ ވަރަށް ބޮޑަށް އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ ދުވަސްވަރެއްކަމުގައި ވުމުން، ދިރާގު ފައިބަރ ނެޓްވޯކް ފަދަ އިތުބާރު އަދި ޒަމާނީ ޚިދުމަތެއް ހެޔޮ އަގެގައި ހޯދުމަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ކޮންމެހެންވެސް ހިފަންވާނެއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނެއެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ހިމެނެއެވެ. 

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. 

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިގިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެކެވެ.

  

މިއަދު އޮންލައިން