މާލީ ފައިދާ ހޯދުމުގެ ބޭނުމުގަ އަންހެންކުދިންނަށް އިސްލާމް ދީން ދީފައިވާ ޙިމާޔަތުން އެކުދިން ބޭރުނުކުރޭ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މާލީ ފައިދާ ހޯދުމުގެ ބޭނުމުގަ އަންހެންކުދިންނަށް އިސްލާމް ދީން ދީފައިވާ ޙިމާޔަތުން އެކުދިން ބޭރުނުކުރޭ!: ޑރ. އިޔާޟް

ވިޔަފާރިން މާލީ މަންފާ ހޯދުންފަދަ ބޭނުންތަކަށް އަންހެންކުދިންނަށް އިސްލާމް ދީން ދީފައިވާ ޙިމާޔަތުން އެކުދިން ބޭރުނުކުރަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިލްތިމާސްކުރައްވައިފިއެވެ. 

"އަންހެންދަރިންނަކީ ވިޔަފާރި އިޝްތިހާރުކުރަން ގެންގުޅޭ ނުވަތަ ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެއެވެ! ޓީވީން މޮހޮރެއް އިޝްތިހާރުކުރަން ޖެހުނަސް އަންހެން ކުއްޖަކު ލައްވައި އެކުއްޖާގެ ޢިއްފަތާއި ޢަބްރު ގެއްލޭ ފަދަ އިޝްތިހާރުތައް ކުޅުވާހަދައިގެން ނުވާނެއެވެ. މިއީ އެކުދިންނަށް އިސްލާމް ދީން ދީފައިވާ ޙިމާޔަތެވެ!"

ޑރ. އިޔާޟްގެ މިބަސްފުޅާއި ގުޅިގެން އެކަމަށް ހިތްހަމަނުޖެހޭ ބައަކު ފާޑުކިޔަމުން ގެންދިއަ ނަމަވެސް މިއީ ކަމުގެ ޙަޤީޤަތެވެ! ފޮތެއް އިޝްތިހާރުކޮށް ކުތުބުޚާނާގެ ހަރުގަނޑުގައި ބެހެއްޓީމާ އެންމެންވެސް ކިޔާނެއެވެ! ޙައްލަކީ އެންމެން ކިޔަން ދޭން ބޭނުންނުވާ ފޮތް އެގޮތަށް ހަރުތަކުގަ ނުބެހެއްޓުމެވެ.

މިއަދު އޮންލައިން