ފިޔަވަތީގަ ތިބޭ ކުދިން ހޭލުންތެރިކުރުވަން [އަހަރެމެން] ޕްރޮގްރާމް ހިންގަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފިޔަވަތީގަ ތިބޭ ކުދިން ހޭލުންތެރިކުރުވަން [އަހަރެމެން] ޕްރޮގްރާމް ހިންގަނީ!

ދިވެހިރާއްޖޭގެ އިސްލާމި ޔުނިވަރސިޓީގެ ފަރާތުން ކުޑަކުދީންގެ ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަށް އަމާޒުކުރެވިގެން، "އަހަރެމެން" މައުޟޫޢުއަށް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

އައިޔޫއެމް އިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މި ކުދިންނަކީ ވެސް ލޯތްބާއި އަޅާލުން ލިބިގެންވާ ކުދިންތަކެއްކަމުގެ އިޙުސާސްތައް އުފައްދައި ޒިންމާދާރު، އުފެއްދުންތެރި މުސްތަޤްބަލެއް އޮތް ކުދިބަޔެއްކަމުގެ އުންމީދާއި ހިތްވަރު އެކުދީންގެ ހިތްތަކުގައި އުފައްދައިދިނުން ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންނަކީ ޔުނިވަރސިޓީ ގެ ބޭފުޅުންނާއި އަދި ދީނީ، އިޖްތިމާއީ، ނަފްސާނީ ދާއިރާގެ އެކި އެކި މާހިރުންނެވެ. މި ޕްރޮގްރާމަކީ ފިޔަވަތީގެ ޢުމުރުން 10 އަހަރާއި 18 އަހަރާއި ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކުރެވިގެން ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު ގެންދާނީ [ޒޫމު] ޕްލެޓްފޯމު މެދުވެރިކޮށް އޮންލައިންކޮށް ކޮންމެ ހޮނިހިރު ދުވަހެއްގެ 10:00 އިންނެވެ. ޕްރޮގްރާމުގައި އެ ދުވަހަކު ކަޑައެޅޭ މައުޟޫޢާގުޅޭގޮތުން، ޢިބްރަތްތެރި، އަދި ކުޑަކުދީންނާ ގުޅޭ، އަދި އެ ދުވަހަކު ވާހަކަ ދެއްކި މަޢުޟޫޢުގެ އަސާސީ ތީމާ ގުޅޭގޮތުން، ހިތްވަރާއި ނަޞޭޙަތުން ފުރިގެންވާ ޢިބްރަތްތެރި ވާހަކައެއް އެ ކުދިންނާއި ހިއްސާ ކުރެވޭނެއެވެ.

 

މިއަދު އޮންލައިން