ރާއްޖެއާ އިންޑިއާގެ ކޮޗިން އާ ދެމެދު ފެރީގެ ޚިދުމަތް ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ރާއްޖެއާ އިންޑިއާގެ ކޮޗިން އާ ދެމެދު ފެރީގެ ޚިދުމަތް ފަށަނީ

ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ޚިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި  ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ޚިދުމަތް ފެށުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. 

ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާއެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެއެވެ.

މިއަދު އޮންލައިން