ކޮވިޑްގައި ޖެހި ޤައުމު ވަޅުގަނޑަކަށް ވެއްޓެމުންދާއިރު މިއީ އެކަންކަމުން އަރައިގަތުމަށް އެކަކު ކިބައިން އަނެކަކު ހިއްވަރު ހޯދައި، އެހީތެރިވެ، އަތުގުޅާލައިގެން ތެދުވަންވީ ވަގުތު ކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
"އިޤްޠިޞާދީ ވަޅުގަނޑުން ސަލާމަތްވުމަށް ލާރިއެއް ލިބޭތޯ ހެސްކިޔާފަ މަސައްކަތްކުރަންޖެހިފައިއޮއްވައި ރައްޔިތުން ބައިބައިކޮށް، ރާއްޖެއާއިމެދު ފިނޭންޝަލް އިންސްޓިޓުޔުޓިސްތަކުގެ އިތުބާރު ގެއްލޭކަންކަން ކުރުމަކީ ވަގުތުގެ ފައިދާ ނަގައި ޤައުމުގެ އިސްތިޤްލާލް ހިސޯރުކުރަން ބައަކަށް ލިބޭ ފުރުޞަތަކަށް ވެދާނެ!"
"މީޤައުމުގެ ބޮޑުން އަރާރުންވެ، ސަރުކާރު ބަލިކަށިކޮށް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭގޮތަށް "ފޮނުއަރުވަންވާނެ" ވަގުތެއް ނޫން! ކޮވިޑްގައި ޖެހި ޤައުމު ވަޅުގަނޑަކަށް ވެއްޓެމުންދާއިރު އެއިން އަރައިގަތުމަށް އެކަކު ކިބައިން އަނެކަކު ހިއްވަރު ހޯދައި، އެހީތެރިވެ، އަތުގުޅާލައިގެން ތެދުވަންވީ ވަގުތު" އަމީން އިބްރާހީމް ވިދާޅުވެފައިވެއެވެ.