އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހާއަށް ކުރަނީ ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 38ސ
އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މީހާއަށް ކުރަނީ ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ!

އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި ރ. އަލިފުށި ކަސްތޫރިގެ، އަލީ އަމީންގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާކުރަން މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. މިހާދިސާގައި އަންހެންމީހާ (އަލީ އަމީންގެ ކުރީގެ އަނބިމީހާ) ގެ އަނގަޔަށް ލައްފިލުވާ އެޅި ނަމަވެސް ހަށިގަނޑުގެ އެތެރެއަށް ލައްފިލުވާ ނުދާކަމަށް މައުލޫމާތު ވަނީލިބިފައެވެ.

މިމައްސަލާގައި އަލީ އަމީންގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ ގެ އިތުރުން  އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

މިއަދު އޮންލައިން