"އޮޅުމަކުން" ރަސްމާދޫ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
"އޮޅުމަކުން" ރަސްމާދޫ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް!

"މިއަދުމެންދުރެއްހައި ރަށުގެ ޞިއްޙީ މަރުކަޒުން ގުޅާފަ ބުނީ މާލެއިން ދިއުމުން ކަރަންޓީނުގައި ތިބި 3 ބަފައިންގެތެރެއިން ކުޑަދަރިފުޅު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް! އެހިސާބުން ކައުންސިލުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅީ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ހުރިހާ ފިޔަވަޅުތަކެއް އެޅީ! ބޭނުމެއް ނެތި މަގުމަތީގައި އުޅުމާ ކުޅިވަރުކުޅުންވެސް މަނާކުރީ. ރައްކާތެރިކަމާއެކު ނޫނީ މިސްކިތަށްވެސް ނުދާން އެންގީ. 

އެގެއާއިމެދުވެސް އަޅަންޖެހޭ ފިޔަވަޅުތައްވެސް އެޅީ! މިހުރިހާ ފިޔަޥަޅުތަކެއް އެޅުމުން ރައްޔިތުން ކިޔަމަންތެރިކަމާއިއެކު ގެތަކުގައި ތިބީ. މަގުތައް އޮތީ އެކުގަ ފަޅުވެފަ. އިރުއޮއްސުނުތަނާ ގުޅާފަ މިބުނަނީ އެޗްޕީއޭއިން ބުންޏޭ އެއީ މައުލޫމާތު ލިބުމުގަ އެރި އޮޅުމެއްގެ ސަބަބުން ދެވުނު ދޮގު މައުލޫމާތެކޭ! އެ ކުއްޖާ ޕޮޒިޓިވެއް ނޫނޭ!" 

މިއީ މިއަދު ރ. ރަސްމާދޫގައި ކަންކަން ހިނގައިދިއަގޮތުގެ މައުލޫމާތު މިއަދުނޫހާއި ހިއްސާކުރެއްވި ރަސުގެ ކައންސިލުގެ ނައިބް ރައީސް މުރުޠަޟާ ދެއްވި މައުލޫމާތެވެ! 

އައްޑޫ ސިޓީގައިވެސް ފުރަތަމަ ކުރިމަތިވީ މިބާވަތުގެ ކަމެކެވެ. އެހެން ބައެއް ރަށްރަށުގައި ވެސް ދަނީ މިބާވަތުގެ މައްސަލަތައް ކުރިމަތިވަމުންނެވެ. މުޅި ރާއްޖެއަށް ކޮރޯނާ ވައިރަސް ފެތުރޭތީ އެކަމުގެ ކަންބޮޑުވުން އިންތިހޖާއަށް އޮތް މިފަދަ ދުވަސްވަރެއްގައި މަޢުލޫމާތު ހާމަކުރާއިރު ރަށްރަށުގެ ރައްޔިތުން "އޮޅުމަކުން" ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓެން ނުޖެހޭނެ ގޮތަކަށް ކަންކަން ކުރުމަށް ރައްޔިތުން ދަނީ އެދެމުންނެވެ.

މިއަދު އޮންލައިން