މިމަހުގެ 10 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އެސްޓީއޯ ބޯޓެއް ކޮރޯނާ ބޯޓަކަށްވެ ހުރިހާ ފަޅުވެރިން ޕޮޒިޓިވްވެފައިވާކަމަށް މައުލުމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބުނު ގޮތުގައި ފުރަތަމަ ޕޮޒިޓިވްވީ ބޯޓުގެ ކެޕްޓަނެވެ. އޭނާވަނީ މިމަހުގެ 14 ވަނަ ދުވަހު ބޯޓުން ބާލައިފައެވެ. އަދި ކުރިޓެސްޓްތަކުން އެނގިފައިވަނީ ބޯޓުގައި މަސައްކަތްކުރާ 17 ފަޅުވެރިން (ކެޕްޓަނާއިއެކު 18) މީހުން ވެސް މިހާރު ޕޮޒިޓިވްވެފައިވާ ކަމެވެ.
ރާއްޖޭގައި ކޮރޯނާ ކޮންޓްރޯލްނުކުރެވިގެންއުޅޭއިރު އިންޑިއާ ފަދަ ޤައުމުތަކުން ކޮރޯނާ ރާއްޖެއަށް އެތެރެވާން ހުރި މަގުތައް ބަންދުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުން މުހިންމު ކަމުގައި ފާހަގަކުރެވެއެވެ.