"މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް" އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.
"ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު."

މީގެ އިތުރުން އެޗްޕީއޭއިން ވަނީ އެސަރަހައްދުން ހުސްކުރި މީހުންގެ ތެރޭގައި ކޮރޯނާއަށް ޕޮޒިޓިވް މީހުން ހިމެނޭނަމަ އަދި އެ ސަރަހައްދުގެ ގެތަކުގައި ކޮރޯނާއަށް ޕޮޒިޓިވް މީހުން ތިބި ނަމަ އެކަން އެޗްޕީއޭގެ ހޮޓްލައިން އެންގުމަށް ވެސް އެދިފައެވެ.