ސަންލީޓް އިމާރާތާއި އެ ސްރަހައްދުގައި ހިފާފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މި ބޮޑު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.
އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވީނަމަވެސް އެ ސަރަހައްދުގައި ސިފައިން އަދިވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން އެމްއޭސީއެލްގެ ފައޔަރފައިޓަރުން ވެސް ވަނީ ބައިވެރިވެފައެވެ.