ރޭ މާލޭ ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) ގެ ހުރިހާ ހިދުމަތްތަކެއް ހުޅުމާލޭ ބްރާންޗަށް ބަދަލު ކޮށްފިއެވެ.
މިކަމާގުޅިގެން އެސްބީއައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހިދުމަތް ދޭނީ ހަމައެކަނި އެ ބޭންކު ހުޅުމާލެ ބްރާންޗުން ކަމަށާއި ހެނދުނު 8:00 އިން ހަވީރު 6:00 އަށް އެ ބޭންކަށް ގުޅައިގެނާއި އީމެއިލް ކޮށްގެން އެޕޮއިންޓްމަންޓް ހެއްދޭނެކަމަށެވެ.
އަލިފާނުގެ ހާދިސާގައި އެސްބީއައިގެ ހިދުމަތް ދެމުން އައި ފަސް ފްލޯ އަކަށް ވަނީ ގެއްލުންވެފައެވެ.