ކޮވިޑް މަރުކަޒު ވިލިނގިލި ނޫން ރަށަކަށް ބަދަލުކުރަންޖެހިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ކޮވިޑް މަރުކަޒު ވިލިނގިލި ނޫން ރަށަކަށް ބަދަލުކުރަންޖެހިއްޖެ!

ގއ. ވިލިގިލީގައި ޤާއިމުކޮށްފައިވާ ކޮނިޑް ރީޖަނަލް ސެންޓަރަށް ބަލިމީހުން ގެންދަން އެރަށު ރައްޔިތުން ހުރަސްއަޅައި މުޒާހަރާކުރާތީ އެ މަރުކަޒު އެހެން ރަށަކަސް ބަދަލުކުރަންޖެހިފައިވާ ކަމަށް ސަރަހައްދުގެ ރަށްތަކުން ބުނަން ފަށައިފިއެވެ. 

މައްސަލަކުރިމަތިވީ ގދ. ތިނަދޫ އިން ކޮރޯނާއަށް ޕޮޒިޓިވްވި މީހާ މަރުކަޒަށް ގެންދިއުމުން ބައަކު ނުކުމެ މުޒާހަރާކޮށް އޭނާ ރަށަށް އެރުވިއަ ނުދިނުމުންނެވެ. 

ކޮވިޑް މަރުކަޒު އެރަށެއްގައި ހުރުމަކީ އެރަށެއްގައި ބަލިފެތުރިއްޖެ ނަމަ އެރަށެއްގެ ބައަކަށް ވަރަށް ގިނަ ލުއިފަސޭހަތައް ލިބޭނެ ކަމެކެވެ. ނަމަވެސް އެރަށަކަށް އެހެން ރަށްރަށުގެ ބަލިމީހުން ނާރުވާރަށެއްގައި އެފަދަ މަރުކަޒެއް ބެހެއްޓުމަކީ އެ ސަހައްދުގައި ހިމެނޭ އެހެން ރަށްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ދެރައެކެވެ. އަދި ކޮންމެ ރަށެއްގައި މަރުކަޒެއް އެޅުމަކީ ދައުލަތަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. 

ވިލިނގިލީ ރައްޔިތުންގެ ބައަކު މިއަދު ހިންގި މި ލާއިންސާނީ އަމަލާގުޅިގެން ފުލުހުންވެސް ވަނީ ޙަރަކާތްތެރިވެފައެވެ.

މިއަދު އޮންލައިން