ޖާބިރު, ގާސިމް އިބްރާހިމްއާއި އާއިލާއާ އަޅައިގަނެގެން ނޫޅުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޖާބިރު, ގާސިމް އިބްރާހިމްއާއި އާއިލާއާ އަޅައިގަނެގެން ނޫޅުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި އަދި އެމަނިކުފާނުގެ އާއިލާއާ އަޅައިގަނެގެން ނޫޅުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަބްދުﷲ ޖާބިރު، ގާސިމް އިބްރާހިމްގެ އާއިލާއަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ގާސިމް ކަހަލަ އަނބިދަރިންނަށް އޯގާތެރި ނަމޫނާ ބޭފުޅަކަށް ހެންވޭރު ތިމާވެށި އަބްދުﷲ ޖާބިރުއަށް ނުވެވުމަކީ ގާސިމް އާއި އަޅައިގަންނަންވީ ސަބަބެއް ނޫންކަމަށާއި ހައްފެނު ކައްކާ ރާހުތަށްލިޔަސް، ރަނގަޅުނުވާ ފެންވަރުމީހުން ގާސިމް އިބްރާހިމްއާއި ގާސިމްގެ އަނބިދަރިންނާ އަޅައިގަންނަން ނޫޅުމަށް ގޮވާލާކަމަށެވެ.

އަލީ ސޯލިހް ވިދާޅުވީ ރައްޔިތުން ގުނބޯ ހައްދައި، ކޭބަލްކާރު އަޅާވާހަކަ ދައްކާ ބީދައިން އަދި މީސްމީހުންގެ މުދަލަށް އަރައިގަތުމާއި، މުދާ ގަންނަން އޮޅުވާލާޒާތުގެ ކަންކަމަކީ ގާސިމް އިބްރާހިމްގެ ސިފަފުޅުތަކެއް ނޫންކަމަށެވެ. އަދި ކާށިދޫ ގޮނޑި އަބްދުﷲ ޖާބިރަށް ނަގައިދިނުމަށް ޖުމްހޫރީޕާޓީން ކުރި މަސައްކަތް ހަނދުމަފުޅު ނެތުނީތޯ އަލީ ސޯލިހް ވަނީ ސުވާލު ކުރައްވާފައިވެއެވެ. 

އަދި ކޮންމެ ކަމެއްކުރިޔަސް، އޮޅުވާލުމެއް ނޫނީ ފެންނަން ނެތްއިރު، ސިޔާސީ ޕާޓީއެއް ގަނެގެންވެސް އެ ނަން ބޭނުންކޮށްގެން ކުރައްވަނީ ކޮން ކަމެއްތޯ އާއި މިފަދަ މީހަކު، ޖޭޕީ އާއި އަދި ގާސިމް އިބްރާހިމްއާ ބެހުން އެއީ އުރަތްޕެއް ނެތީމާ ކުރާކަމެއް ކަމަށްވެސް އަލީ ސޯލިހް ވިދާޅުފައެވެ.

މިއަދު އޮންލައިން