އުރީދޫ އިން އައިފޯން ޕްރީއޯޑަރ އަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
އުރީދޫ އިން އައިފޯން ޕްރީއޯޑަރ އަށް ހުޅުވާލައިފި

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 އަދި އައިފޯން 12 ޕްރޯ އުރީދޫއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި އެކު، އެޖް-ޓު-އެޖް ސުޕަރ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭ  ހިމަނާފައިވެއެވެ. ހަމައެއާއިއެކު، ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއި އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕްއެވެ.

އުރީދޫއިން ބުނެފައިވަނީ މިއަދުން ފެށިގެން މޫލީ މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 12 އަދި އައިފޯން 12 ޕްރޯ، ޕްރީއޯޑަރ ކުރެވޭނެކަމަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/app އަށް ޒިޔާރަތް ކުރައްވާށެވެ.

މިއަދު އޮންލައިން