ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 50ސ
ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމެއް  ކުރިއަށް ގެންގޮސްފި

ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ފުލުހުންނަށް ލިބިފައިވާ އެންމެހައި ބާރާއި އިހުތިޔާރުގެ ބޭނުން ގާނޫނީ ހަމަތަކާ އެއްގޮތަށް ހިފާނެ ގޮތާއި ފުލުހުން ބޭނުންކުރާ ހަތިޔާރު ބޭނުންކުރާނެ ގޮތްތައް އިތުރަށް ބުނެދީފައިވެއެވެ. އަދި ފުލުހުންގެ ބެލެމުގެ ދަށަށް ގެނެވޭ މީހުންނާމެދު އަމަލު ކުރާނެ އާއްމު އުސޫލުތަކާއި އެފަދަ މީހަކު ނުކިޔަމަންތެރިވާ ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން ފުލުހުންނާ ގުޅުންހުރި ގާނޫނާއި ގަވާއިދުތަކަށް ބައިވެރިން އިތުރަށް އަހުލުވެރިކުރުވުމުގެ ގޮތުން އިންޑޯރ ތިއަރީ ކުލާސްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އޮކްޓޯބަރ 25 އަދި 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެ އަތޮޅުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވިއެވެ.

މިއަދު އޮންލައިން