އެމް-ފައިސާ އިން ފައިސާ ދެއްކުމަށް އުރީދޫ އިން މީރާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 45ސ
އެމް-ފައިސާ އިން ފައިސާ ދެއްކުމަށް އުރީދޫ އިން މީރާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދިނުމަށް، އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުރީދޫ އިން ބުނެފައިވަނީ ޑިޖިޓަލް ޕޭމަންޓް ޚިދުމަތާއި އެކު، ކަސްޓަމަރުންނަށް މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދައްކާ، އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށާއި. އާންމު ފަރުދުންނަށާއި ކުންފުނިތަކަށްވެސް، އެއްގަމު އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި އަދި މުދަލު ޒަކާތް، 'ވާރު ޕޭ' ގައި ހިމެނިފައިވާ އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށެވެ

"އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަންކަމަށް ފަސޭހަކަމެއް ގެނެސްދޭ އައު ޅިދުމަތްތައް ތަޢާރަފްކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ އިން އަބަދުވެސް މިދަނީ މަސައްކަތްކުރަމުން. އެމް-ފައިސާ އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ އެންމެ ގިނަ އާންމު ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޑިޖިޓަލް ޕޭމަންޓް ޚިދުމަތް. އަޅުގަނޑުމެންގެ ޕާރޓްނަރުންގެ ތެރޭގައި މީރާ ހިމެނިގެން ދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަދި މިއާއި އެކު، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި މުދަލު ޒަކާތް ދެއްކުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް ޔަގީންކުރަން." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ތިރީގައިވާ ކަންކަން ފުރިހަމަކުރެއްވުމުން، ކަސްޓަމަރުންނަށް، 'ވާރު ޕޭ' ގައި އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

1-       'ވާރު ޕޭ' އެޕް ޑައުންލޯޑް ކުރައްވާ

2-      ފައިސާ ދައްކަވަން ބޭނުންވާ ފީ ނަންގަވާ

3-      މައުލޫމާތުތައް ފުރިހަމަކުރައްވާ

4-      Payment ނެންގެވުމަށް ފަހު Continue to Pay ނަންގަވާ

5-      m-Faisaa ނަންގަވާ

6-      އެމް ފައިސާ ނަންބަރު ޖެއްސެވުމަށް ފަހު Pay ނަންގަވާ

7-      އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ، ފައިސާ ދެއްކެވުން ފުރިހަމަކުރައްވާ.

އުރީދޫ އެމް-ފައިސާ އަކީ، ފައިސާ ޖަމާކުރުމަށާއި، ފައިސާ ނެގުމަށާއި، ޓްރާންސްފަރ ކުރުމަށް އަދި ވިޔަފާރިކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ޚިދުމަތެކެވެ. މީގެ އިތުރުން، ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީ، މީޑިޔާނެޓް އަދި އުރީދޫގެ ޚިދުމަތްތަކުގެ އިތުރުން ތަފާތު އެކި ޚިދުމަތްތަކުގެ ބިލްތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

މި އެޕް މެދުވެރިކޮށް، ބަރަކާތްތެރި ރަމަޟާން މަހު، ފިތުރު ޒަކާތް ފަސޭހަކަމާއި އެކު ދެއްކުމުގެ ފުރުޞަތުވެސް ފޯރުކޮށްދެއެވެ.

ތިރީގައިވާ ކަންކަން ފުރިހަމަކުރެއްވުމުން، އާ ކަސްޓަމަރުންނަށް، އުރީދޫ އެޕް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއި އެކު އެމް-ފައިސާއަށް ރެޖިސްޓަރ ކުރެއްވޭނެއެވެ.

1-       އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ: http://ore.do/app

2-      m-Faisaa  ނެންގެވުމަށް ފަހު registration ނަންގަވާ

3-      މައުލޫމާތުތައް ފުރިހަމަކުރެއްވުމަށް ފަހު، އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ

4-      ފޯނު ނަންބަރު ޖެއްސެވުމަށް ފަހު 4 ނަންބަރުގެ ޕިންއެއް ޖައްސަވާ

5-      އަނެއްކާވެސް، ފޯނު ނަންބަރު ޖެއްސެވުމަށް ފަހު، ކުރިން ޖެއްސެވި 4 ނަންބަރުގެ ޕިން ޖައްސަވާ

6-      އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ، ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާ.

އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެމްއައިބީ އަދި އެސްބީއައިގެ ބޭންކް އެކައުންޓްތައް މެދުވެރިކޮށް، ޑިޖިޓަލް ވޮލެޓްތަކަށް ކޭޝްއިން ކުރެއްވޭނެއެވެ.

 

މިއަދު އޮންލައިން