ލ. އަތޮޅުން މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށް މުލި ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަންފަށައިފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މުއްޔަށް އައި ލޯންޗަކުން ފޭބި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ރަށު ބަނދަރު ސަރަހައްދުންނެވެ.
އަދި އެ ދެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ބެލެވިގެން އިތުރަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް އެކަކުގެ ހަށިގަނޑުން ފެނިފައިވެއެވެ. އަދި އަނެއް މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު މުލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެއީ 30 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ.