މާވަށު ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 47ސ
މާވަށު ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ލ.މާވަށުގައި ހުރި ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ހޯދައި، އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މާވަށު ވަޑާން ގެއަކުން ވައްކަންކޮށްފައިވާ ކަމަށް އޮކްޓޯބަރު 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެތަކެތި ހޯދާފައިވަނީ އޮކްޓޯބަރު 30 ވަނަ ދުވަހުއެވެ. ހޯދިތަކެތީގެ ތެރޭގައި ހިމެނެނީ ދެ ބުރުމާ ކައްޓާއި، ކޭސިން ކަޓަރަކާއި، ދެ މާކަރީ ލައިޓާއި، ވަށް ކަރަންޓް ކީހެއްގެ އިތުރުން ރަހަފަތިގަނޑެކެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ނޮވެމްބަރު 1 ވަނަ ދުވަހު އެރަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިއަދު އޮންލައިން