ނ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ނޮވެމްބަރ މަހުގެ 2 އިން 3 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ފުލުހުން ބޭނުން ކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑިއާއި މުގުރުގެ އިތުރުން ޕެޕަރ ސްޕްރޭ ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި އަމަލުކުރާނެ ގޮތްތަކާއި އުކުޅުތައް އިތުރަށް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާއި ބެހޭ ގަވާއިދާ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމުގެ ގޮތުން އިންޑޯރ ތިއަރީ ކުލާސްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.