ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ތަޢުރީފު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ތަޢުރީފު ކުރައްވައިފި

ރާއްޖޭގެ ސަރުކާރުން ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ އެ ކަމަށް އ.ދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް ތަޢުރީފުކުރައްވައިފިއެވެ.

ކެތަރިން ހެސްވެލް މިކަމަށް ތަޢުރީފުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އާއި  ބައްދަލުކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ވަނީ ރާއްޖޭގެ ސަރުކާރުން ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ އެ ކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި މި ދަތި ހާލަތުގައި އިސްކަން ދޭންޖެހޭ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތައް އަލުން އާރާސްތުކުރުމަށް ވިސްނުން ގެންގުޅުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި، އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ.އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން އެ ކަމަނާ އެރުވިއެވެ.

މި ގޮތުން، އިޖުތިމާޢީ ޚިދުމަތްތައް ދިނުމުގައި ޤައުމީ އެއް ލަނޑުދަނޑިއެއް ކަނޑައަޅައި، އެ ގޮތަށް މަސައްކަތް ކުރުމާއި، ކްރިޓިކަލް ސަރވިސް ކެއަރގެ ދާއިރާއިން މީހުން ބިނާކުރުމާއި، އަދި ޤައުމުގެ މުހިންމު މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަމަށް ވެސް މި ބައްދަލުކުރެއްވުމުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ. ގެ އެކި އެޖެންސީތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާ، އެ ކަމަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް، މިހާރުގެ ކޯވިޑް-19 ހާލަތުގައި ފޯރުކޮށްދެމުންދާ އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޔުނިސެފްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޑރ މުނީރު ޝަފީލްދީންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުޞްޠަފާ ލުޠުފީއާއި، ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ޞަބްރާ އިބްރާހީމް ނޫރައްދީނާއި، އަންޑަރ ސެކްރެޓަރީ ޢާއިޝަތު ނަޒްހަތު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން