ޤުރްއާނުގެ އާޔަތް ކިޔުން ހުއްޓުވުމުގެ ބަދަލުގަ ޤުރްއާނުގެ ތަރުޖަމާ ހިއްޕަވައިގެން ރިޔާސަތުގަ އިންނަވަން މެންބަރު ސަލީމް އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޤުރްއާނުގެ އާޔަތް ކިޔުން ހުއްޓުވުމުގެ ބަދަލުގަ ޤުރްއާނުގެ ތަރުޖަމާ ހިއްޕަވައިގެން ރިޔާސަތުގަ އިންނަވަން މެންބަރު ސަލީމް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކީރިތި ޤުރްއާނުގެ އާޔަތްތައް ކިޔެވުން ހުއްޓުވުމުގެ ބަދަލުގައި ކިޔަވާ އާޔަތްތައް ކިޔަވައި މާނަކިޔަނީ ރަނގަޅަށްކަން ބެއްލެވުމަށް ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ހިއްޕަވައިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިއަހުން އެދިވަޑައިގެންފިއެވެ. 

ސަލީމް މިކަމަށް އެދިވަޑައިގަތީ ސަލީމް އާޔަތެއް ވިދާޅުވުމުން އެއިގެ ޞައްހަކަން (އެވިދާޅުވީ ރަނގަޅަށްކަން) ބެއްލެވެން ނެތްކަމަށް ނަޝީދު ވިދާޅުވުމުންނެވެ. 

ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގައި އާޔަތްތަކާއި މާނަ ލިޔެވިގެންވާއިރު ސަލީމް އެވިދާޅުވިފަދައިން ތަރުޖަމާ ބައްލަވައިފިނަމަ ޞައްޙަކަން ނުވަތަ ނޫންކަން ރައީސް ނަޝީދަށްވެސް ބެއްލެވޭނެއިރު އެކަން ނުކުރައްވައި މި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ކީރިތި ޤުރްޢާނުގެ ޢާޔަތާއި މާނަކިޔުން ހުއްޓުވުމަކީ ކޮން މަޤްޞަދެއްގައި އެމަނިކުފާނު ކުރައްވާ ކަމެއް ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.  

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން