ދިރާގުގެ ނައުއެމްވީ އެޕް މެދުވެރިކޮށް ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 20ސ
ދިރާގުގެ ނައުއެމްވީ އެޕް މެދުވެރިކޮށް ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ!

ދިރާގުން މިއަހަރު އަލަށް ތަޢާރަފުކުރި ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން ކަމަށްވާ "ނައުއެމްވީ" މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު އެން.ޖީ.އޯ ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ދިރާގުން ބުނެފައިވަނީ މި ޚާއްސަ ފީޗަރ މެދުވެރިކޮށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން އެ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިން ތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިހާރު ނައު އެމްވީ އެޕްގައި 4 އެން.ޖީ.އޯ އެއް ވަނީ ލިސްޓް ކުރެވިފައި ކަމަށާއި ކޮންމެ އެން.ޖީ.އޯ އަކުންވެސް ހާއްސަ ފަންޑްރައިޒާއެއް ހުޅުވާލާފައި ވާކަމަށެވެ.

ނައު އެމްވީގެ ޑޮނޭޝަން ފީޗަރ އާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ދިރާގު މެނޭޖަރ ބިޒްނަސް ޑިވަލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ " މި ދަނޑިވަޅަކީ މިފަދަ ޖަމިއްޔާތަކަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް. ސަބަބަކީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ އެން.ޖީ.އޯ ތަކުގެ މަސައްކަތްތަކަށް ފަންޑްރައިޒް ކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައި ވާތީ. ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެން.ޖީ.އޯ ތަކާ އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން، އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެން.ޖީ.އޯ އަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް. މީގެ އިތުރުން، އެން.ޖީ.އޯ ތަކުން ކުރާ މަސައްކަތްތަކީ ކޮބާކަން ދެނެގަނެ، އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެން.ޖީ.އޯ ތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމްކުރުމަށް"

ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ ދިރާގުޕޭ މެދުވެރިކޮށެވެ.

ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗަރސްތައް އެކުލެވިގެންވާ އެޕްލިކޭޝަނެކެވެ.

ނަމާދު ގަޑިތަކާއި، މީރު ކާއެއްޗެހީގެ ރެސިޕީތަކާއި، ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ހަބަރުތަކާއި، މުހިންމު ކަންތައްތަކަށް ރިމައިންޑަރ ސެޓް ކުރުން ފަދަ ކަންތައްތަކަކީ ފޯނުން ނުވަތަ ޑިޖިޓަލް ޑިވައިސްތަކުގައި ހުންނަ ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކު ކޮށް އުޅޭ ކަންތަކެވެ. މި ދުވަސްވަރަކީ ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް  ދިރިއުޅުމުގެ ގިނަ ކަންތައް ކުރަން ޖެހިފައިވާ ދުވަސްވަރަކަށް ވީ ހިނދު، ދިރާގު "ނައުއެމްވީ" އެޕް މެދުވެރުކޮށް އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދާން ނުޖެހި، އެއް ތަނަކުން ފަސޭހަކަމާއެކު، މި ހުރިހާ ކަމެއް ކުރެވޭނެ ފަދަ ނިޒާމެއް ފޯރުކޮށްދިނުމަށެވެ.

 

 ދިރާގު ނައުއެމްވީ އެޕް ޑައުންލޯޑް ކޮށްލުމަށް https://bit.ly/2yA5Jb3

 

މިއަދު އޮންލައިން