ނޭކުރެންދުއާއި ނޮޅިވަރަންފަރުގައި ކުށްމަދު ކުރުމަށް ޕްރޮގްރާމެއް ހިންގައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ނޭކުރެންދުއާއި ނޮޅިވަރަންފަރުގައި ކުށްމަދު ކުރުމަށް ޕްރޮގްރާމެއް ހިންގައިފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ނޭކުރެންދުއާއި ނޮޅިވަރަންފަރުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން މި މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާއި، ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރާސްޓަސްއާއި ރީލޯޑް ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ވިޔަފާރި ބަންދުކުރުމަށްފަހު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީން ކުރުމަށާއި ފިހާރަ ބަންދުކޮށްފައިދާއިރު ފިހާރައިގެ ބޭރުގައި މުދާ ނުބެހެއްޓުމަށާއި ރޭގަނޑު ބަންދުކޮށްފައި ހުންނައިރު ފިހާރައިގެ ތެރޭގައި އަލިކަމެއް ބެހެއްޓުމަށް އިރުޝާރުދީފައިވެއެވެ. އަދި ފިހާރައިގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދިނުމުގެ އިތުރުން އެމެޖެންސީ ހާލަތެއްދިމާ ވެއްޖެނަމަ ޕޮލިސް ސްޓޭޝަނަށް ގުޅާނެ ނަމްބަރު ވިޔަފާރިވެރިންނާ ހިއްސާކޮށްފައިވެއެވެ.

ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން މި މަހު 7 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކީ މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަށްކޮށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން، ކުށްމަދު ކުރުމަށް ގޯތި ގެދޮރު ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަން އަންގައި ދިނުމާއި ކުށެއް ހިނގުމުން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށްތަކުން ރައްކާތެރިވެ ތިބުމާއި އެކަމަށް އެޅިދަނާނެ ފިޔަވަޅުތައް ބުނެދީފައިވެއެވެ. އަދި ކުށްކުރުމަށް އޮންނަ ފުރުސަތުތަށް ނައްތާލުމަށް ކުރެވިދާނެ ކަންކަމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުން ރައްޔިތުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން އެއްގަމު ދަތުރު ފަތުރު ކުރުމުގެ ގާނޫނަށް އަލަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުން މޫދަށާއި އެހެނިހެން ތަންތަނަށް އެކަނި ނުދިއުމަށާ އަދި ނުފޮނުވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މިއަދު އޮންލައިން