އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 33ސ
އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ މާލެ، ހެންވޭރުގައި ހުންނަ އަމިއްލަ މިހެއްގެ އޮފީހެއް 2020 ނޮވެމްބަރު 26 ވަނަ ދުވަހުގެ ރޭ ފަޅާލައި އެތަނުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދާ މީހެކެވެ.

 

ވީމާ ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްނަމަ  ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާއި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 471388 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް އެދެއެވެ.

 

މިއަދު އޮންލައިން