ހުޅުމާލެ ޕޮލިސް އިން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އއ. މަތިވެރި / ހަނދުވަރީގެ، ޢަބްދުﷲ ޖަމީލް (29އ)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A278484
ހާޒިރުކުރެވޭ ހައިސިއްޔަތު: 2020 ނޮވެމްބަރު 17 ވަނަ ދުވަހުގެ ވަގުތެއްގައި ތިން މީހަކު ބައިވެރިވެގެން އަސްލަށް ބަދަލުގެނެސް ހަދާފައިވާ ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްހަނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ސިނގިރޭޓް ކާރޓޫންތަކެއް ގެންދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް/ ތަހުގީގަށް ސުވާލުކުރުމަށް.
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހުޅުމާލެ ޕޮލިސް، 2020 ޑިސެމްބަރ 28 ވަނަ ދުވަހުގެ 14:00 އަށް