ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންއެވެ.
މިމައްސަލައާ ގުޅިގެން ހޯދަނީ ޅ. ނައިފަރު / ނައިފަރުހިޔާ 02ގެ 07، މުޙައްމަދު އިމްޝާން (30އ) އެވެ.
ވީމާ މުޙައްމަދު އިމްޝާން އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.