ޙަރަމްފުޅު ހުޅުވިފަހުން 6 މިލިއަނަށްވުރެ ގިނަ މީހުންނަށް ޚިދުމަތްދީފި! މާރިޗް މަހު ޢާންމުކޮށް ސައުދީ ހުޅުވާލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 25ސ
ޙަރަމްފުޅު ހުޅުވިފަހުން 6 މިލިއަނަށްވުރެ ގިނަ މީހުންނަށް ޚިދުމަތްދީފި! މާރިޗް މަހު ޢާންމުކޮށް ސައުދީ ހުޅުވާލަނީ

ކޮވީޑާއި ގުޅިގެން މައްކާގެ ޙަރަމްފުޅު ބަނދުކުރުމަށްފަހު އަލުން ހުޅުވައިލިފަހުން 6 މިލިއަނަށްވުރެ ގިނަ މީހުންނަށް ޚިދުމަތްދީފައިވާކަމަށް ބުނެފިއެވެ.

އެއިގެ ތެރޭގައި ހިމެނެނީ ޢުމްރާވުމުގެ އަޅުކަން އަދާކުރި 1,654,000 މީހުންނާއި ޙަރަމްފުޅުގައި ނަމާދުކުރި 4,640,000 މީހުންނެވެ. ބޭރު ޤައުމުތަކުގެ މީހުންނަށް ޙަރަމްފުޅު ހުޅުވައިލީ މިދިއަ އަހަރުގެ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

ސައުދީން ބުނެފައިވަނީ މާރިޗް މަހުގެ 31 ވަނަ ދުވަހު ޤައުމުގެ ބޯޑަރުތައް ޢާންމުކޮށް ހުޅުވައިލާނެ ކަމަށެވެ. ނަމަވެސް ޢުމުރާވުމަށް ދެވޭނީ 18 އަހަރާ 50 އަހަރާއިދެމެދުގެ މީހުންނަށް ކަމަށެވެ.

މިއަދު އޮންލައިން