ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ވަގަށް ނަގާ ކަރަންޓް ސާމާނާއި، މޯބައިލް ފޯން ފަދަތަކެތި ނުއަގުގައި ބިދޭސީންނަށް ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖަނަވަރީ 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ  ދެ ދިވެހިންނާއި 26 އަހަރާއި 35 އަހަރުގެ ދެ ބަންގްލަދޭޝް މީހުންނެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ގެއެއް ބަލައިފާސްކޮށް އެގޭ ތެރެއިންނެވެ. އަދި އެގެ ބަލައިފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 10 މޯބައިލް ފޯނާއި މަކީޓަރ ބްރޭންޑްގެ ކަޓްއޮފަކާއި ޑިގްރީ ކީހަކާއި ލެޕްޓޮޕަކާއި ސްޕީކަރެއްގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދިވެހި ދެ މީހުންނަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި ބަންގަލަދޭޝް ގެ ދެމީހުންނަށް ހަތަރު ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންއެވެ.

މިއަދު އޮންލައިން