އިންޓަނެޓް ރައްކާތެރިކަމާއެކު ބޭނުން ކުރުމަށް ދީރާގުން ހަދާންކޮށްދީފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 4މ
އިންޓަނެޓް ރައްކާތެރިކަމާއެކު ބޭނުން ކުރުމަށް ދީރާގުން ހަދާންކޮށްދީފި

ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ރައްކާތެރިކަމާއެކު ބޭނުން ކުރުމަށް ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދީރާގް) އިން  ހަދާންކޮށްދީފިއެވެ.

ދިރާގުން ބުނެފައިވަނީ އިންޓަނެޓާއި ޓެކްނޮލޮޖީ މި ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މައިގަނޑު އެއް އަސާސްކަމުގައި ވެފައި ކަމަށާއި ވަކިން ޚާއްސަކޮށް ކޮވިޑް-19ގެ ބަލިމަނޑުކަމުގެ ތެރޭގައި އިންޓަނެޓް ގެ މުހިންމު ކަމާއި، އިޖުތިމާޢީ ގުޅުން ނެގެހެއްޓުމަށް ލިބުނު ބާރަކަށް ވެފައިވާކަން ވަނީ ހާމަވެގެން ގޮސްފައިވުމުން އިންޓަނެޓަކީ މިހާ މުހިންމު އެއްޗެއް ކަމުގައި ވީ ހިނދު، އިންޓަނެޓް ބޭނުން ކުރުމުގައި ރައްކާވެތިވުމާއި، ޒިންމާދާރު ގޮތުގައި އިންޓަނެޓް ބޭނުން ކުރުމަކީވެސް ނުވަހު މުހިންމު ކަމެއްކަމަށެވެ. 

"ސޭފަރ އިންޓަރނެޓް ޑޭ"، ނުވަތަ ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމާ ގުޅޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރުމުގައި އަބަދުމެ ސަމާލުވެ ތިބުމަށް ހަނދާންކޮށްދީފައިއެވެ. އެހެނީ، އިންޓަނެޓް ބޭނުން ކުރާ ޑިވައިސްތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދިޔުމާ ގުޅިގެން، ތިމާ އާއި އާއިލާ، އިންޓަނެޓް ބޭނުން ކުރުމުގައި ސާމާލުވުމަކި މުހިންމު ކަމެކެވެ. ސަބަބަކީ ކުރިއަށްވުރެ ވެސް ބޮޑަށް މިހާރު ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ކިޔެވުމާއި މުނިފޫހި ފުލުވުމަށްވެސް އިންޓަނެޓްގެ އެކި އެކި ވަސީލަތްތައް ބޭނުން ކުރާތީއެވެ. ސައިބަރ ބުލީން، ކުދިންނާއި ނުގުޅޭ މަންޒަރާއި އަޑު ހުންނަ ކަހަލަ ކޮންޓެންޓް، އޮންލައިން ކޮށް ކުރާ ޖިންސީ ގޯނާ އަދި އައިޑެންޓިޓީ ތެފްޓް ފަދަ ކަންތައްތަކީ އިންޓަނެޓް ބޭނުން ކުރުމުގައި ކުރިމަތިވެދާނެ ނޭދެވޭ ކަންތައްތަކެވެ. އެހެން ކަމުން ކުދިނަނަށް އޮންލައިން ސޭފްޓީ ނުވަތަ ރައްކާތެރިކަމާއި، ސްކްރީންޓައިމް އަށް ވަކި އުސޫލުތަކެއް ކަނޑައެޅުން ފަދަ ކަންތައްތަކީ މި ޒަމާނުގައި ދަރިންނަށް މައިންބަފައިން ކިޔައިދޭންވާނޭ މުހިންމު ކަންތައްތަކެވެ.  

"ސޭފަރ އިންޓަރނެޓް ޑޭ"، ނުވަތަ ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމާ ގުޅޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރުމުގައި އަބަދުމެ ސަމާލުވެ ތިބުމަށް ހަނދައިން ކޮށްދީފައެވެ. އިންޓަނެޓް ބޭނުން ކުރާ ޑިވައިސްތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދިޔުމާ ގުޅިގެން، ތިމާ އާއި އާއިލާ، އިންޓަނެޓް ބޭނުން ކުރުމުގައި ސާމާލުވުމަކި މުހިންމު ކަމެކެވެ.

ހަމަ އެފަދައިން، ކޮންމެ އުމުރެއްގެ މީހެއް ވިޔަސް، ބޭންކިނގް މައުލޫމާތު ފަދަ "ސެންސިޓިވް" މައުލޫމާތު ހިއްސާ ކުރުމުގައި އިތުރަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އެހެނީ ވިޔަފާރި ކުރުމަށާއި، ފައިސާގެ ގިނަ މުއާމަލާތްތައް ކުރުމަށް އިންޓަނެޓްގެ ބޭނުން އިތުރު ވެފައި ވުމުން ސައިބަރ ތެފްޓް ފަދަ ނޭދެވޭ ކަންކަމަށް އިތުރަށް މަގުފަހިވެގެން ދާތީއެވެ. އެހެންކަމުން، ސައްހަ ނޫންހެން ހީވާ ފަދަ ވެބްސައިޓްތަކުގައި އަދި މީސް މީޑިއާގައި އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަކީ އެދެވިގެން ވާކަމެކެވެ.  

އެއް ޕާސްވޯޑެއް ހުރިހާ އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ނަމަވެސް މިއީ ވަރަށްވެސް ނުރައްކާތެރި އާދައެކެވެ. ސަބަބަކީ ހެކަރ އަކަށް އެއް އަކައުންޓްގެ ޕާސްވޯޑް ދެނެގަނެވުނަސް އެމީހެއްގެ ހުރިހާ އެކައުންޓް ތަކަށް ވަދެވުމުގެ ފުރުސަތު ލިބިގެންދާތީއެވެ. ހުރިހާ އެކައުންޓްތަކުގެ ޕާސްވޯޑް ހަދާންކުރުމަކީ އުނދަގޫ ކަމެއް ކަމުގައި ވިޔަސް ކޮންމެ އެކައުންޓެއްގެ ޕާސްވޯޑްގަައިވެސް ކުޑަ ތަފާތެއް ގެނެސް، "ސްޓްރޯންގް ޕާސްވޯޑެއް" ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން، ބޭރުގައި އުޅޭ ވަގުތުތަކުގައި ޕަބްލިކް ވައިފައި ނެޓްވޯކްތައް ބޭނުން ކުރުމަކީ އާންމުކަމަކަށް ވެފައިވީހިނދު، މި ފަދަ ނެޓްވޯކްތައް ބޭނުން ކުރުމުގައިވެސް ސަމާލުވެ، ބޭންކް މައުލޫމާތު ފަދަ ސެންސިޓިވް ޑޭޓާ ހިއްސާ ކުރުމުގައި އިތުރަށް ސަމާލުވާން ޖެހޭނެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ޚިދުމަތްދޭ އޮޕަރޭޓަރުންނާ އެކު ދިރާގަކީވެސް ޖީ.އެސް.އެމް.އޭ އެލައެންސް އެގެއިންސްޓް ޗައިޑް ސެކްޝުއަލް އެބްޔޫސް ކޮންޓެންޓް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަހަލަ ކޮންޓެންޓް ދިރާގު ނެޓްވޯކްތަކުގައި ބްލޮކް ކުރަމުންދާ ޒިންމާދާރު ނެޓްވޯކެކެވެ. ދިރާގުން އަބަދުވެސް ދަނީ އިންޓަނެޓް ރައްކާތެރި ގޮތުގައި ބޭނުން ކުރުމަށް އެކި ގޮތްގޮތުން ހޭލުން ތެރިކަން އިތުރު ކުރުމުގެ ޕްރޮގުރާމްތައް ބާއްވަމުންނެވެ. އެގޮތުން ދިރާގާއި އާކް ގުޅިގެން ވަނީ ކުޑަކުދިންނަށް އޮންލައިން ސޭފްޓީ ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައި އެވެ. އަދި މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން އާ ގުޅިގެން ޑިޖިޓަލް ސޭފްޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްކެއް ވަނީ ހިންގާފައިއެވެ. 

 

މިއަދު އޮންލައިން