މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން ދުވިސައްތަ އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 17ސ
މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން ދުވިސައްތަ އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާ ގެ މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން ދުވިސައްތަ އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން ބުނެފައިވަނީ މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް އެންމެ 75 ރުފިޔާ އަށް 1.5 ޖީބީގެ ބަދަލުގައި 4.5 ޖީބީގެ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން މި ތަޢާރަފު ކުރި އޮފަރ ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 343 އަށް އެސް.އެމް.އެސް އެއް ފޮނުވައިގެން އެކްޓިވޭޓު ކުރެވޭނެއެވެ. މިނީ ޑޭޓާ ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ. މިއަދު އިއުލާން ކުރި މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 މާރިޗު 2021 ނިޔަލަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފުކޮށްފައެވެމި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ހިލޭ "ޕަރކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.

 ދިރާގުގެ މި ޕްރޮމޮޝަން އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.dhiraagu.com.mv/personal/for-mobile/plans/prepaid

 

މިއަދު އޮންލައިން