މަމެން ޑޭޓާ އެޑް-އޮން ތަކުން ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 34ސ
މަމެން ޑޭޓާ އެޑް-އޮން ތަކުން ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުން މަމެން ޑޭޓާ އެޑް-އޮން ތަކުން އަނެއްކާވެސް ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް މަމެން ޑޭޓާ އެޑް އޮން ތަކުން 3 މާރިޗް 2021ގެ ނިޔަލަށް ލިބިގެން ދާނެއެވެ. މި ޚާއްސަ ޕްރޮމޯޝަން ނިމުމާ އެކު ކުރީގެ މޮރޮމޯޝަނުގައި ވާ ގޮތަށް ކަސްޓަމަރުންނަށް %15 ޑިސްކައުންޓް މަމެން ޑޭޓާ އެޑް-އޮންތަކުން ލިބިގެންދެއެވެ. 

ދިރާގުން ބުނެފައިވަނީ ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލާލެވޭނެކަމަށާއި ޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ "އާރބީ" އިންކަމަށެވެ. އަދި ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެން ދާއިރު ހުރިހާ ކަސްޓަމަރުންވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައިއެވެ.

އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް.އެމް.އެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެއެވެ. 

ދިރާގުންވަނީ ޙާއްސަ ޑޭޓާ އެޑްއޮން ޕެކޭޖްތައްކެއްވެސް ތައާރަފްކޮށްފައެވެ. މި އެޑް އޮން ތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގ ގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮން ތަކެކެވެ. ކަސްޓަމަރުންނަށް 7 ދުވަހާއި 15 ދުވަހާއި އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން ނެގޭނެއެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވައި  އެޕެއްކަންވެސް ފާހަނގަކޮށްލެވެއެވެ.

މިއަދު އޮންލައިން