ﷲ އާ ރަސޫލާ ޞޢވ, ގެ އެއްވެސް އަމުރުފުޅަކާ ފުށޫއަރާގޮތަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންތެރިވުމަކީ ފާފައެއް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ﷲ އާ ރަސޫލާ ޞޢވ, ގެ އެއްވެސް އަމުރުފުޅަކާ ފުށޫއަރާގޮތަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންތެރިވުމަކީ ފާފައެއް!: ޑރ. އިޔާޟް

"ﷲ ތައާލާ އާއި ރަސޫލާ ﷺ ގެ އެއްވެސް އަމުރުފުޅަކާ ފުށޫއަރާގޮތަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންތެރިވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ އަމުރަކަށް ކިޔަމަންތެރިވުމަކީވެސް ފާފައެކެވެ. ސަލާމަތާއި ރައްކައުތެރިކަން އޮތީ ﷲ ތައާލާ އާއި ރަސޫލާ ﷺ ގެ މަގަށް ރުޖޫޢަވެގެންނެވެ."

ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރެއްވެވިއެވެ. 

"ﷲ ގެ ދީނަށް އަލަށް ވެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ." 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ ރާއްޖޭގެ ޢިލްމުވެރިންގެ ބޮޑު އަޣްލަބިއްޔަތާއި ދެކޮޅަށް ގައިދުރުކޮށް ނަމާދުކުރުމުގެ އަމުރެއް އިސްލާމިކް މިނިސްޓްރީން ނެރުމުންނެވެ. މިއީ ރާއްޖޭގެ ދަންނަބޭކަލުންގެ އަޣްލަބިއްޔަތު ނެތި އިސްލާމިކް މިނިސްޓްރީއަށް ނެރެވިގެންވާނެ އަމުރެއް ނޫނެވެ. 

ރާއްޖޭގެ ޙާލަތަށް ބަލައި ކަންކަން ނިންމަން ޖެހޭނީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ އިޖުމާޢުންނެވެ.. އަލެކްސް، އެޗްޕީއޭ، އިސްލާމިކް މިނިސްޓްރީއަށް ފެންނަ ގޮތަކަށް ނޫނެވެ!

މިއަދު އޮންލައިން