ޞިއްޙަތަށް އެންމެ ފައިދާކުރާނެ ރޯއިނގުރު އުފަންވެލި ޝޮޕްތަކުން ވަރަށް ހެޔޮ އަގުގައި ވިއްކަމުން އެބަގެންދެއެވެ.
އެފިހާރައިން ބުނީ އިންޑިއާއިން އެތެރެކޮށްފައިވާ މިއިނގުރަކީ އެއްވެސް ކެމިކަލެއް ބޭނުންނުކޮށް ހަމައެކަނި ޤުދްރަތީ ވަސީލަތްތަކުގެ އެހީގައި ހައްދާފައިވާ އިނގުރު ކަމަށެވެ. "މިވިއްކަނީވެސް ވަރަށް ހެޔޮ އަގުގަ. ކިލޯއެއް އެންމެ 30 ރުފިޔާއަށް. ކުދި ފިހާރަތަކަށްވެސް މިދޫކުރަނީ ވަރަށް ހެޔޮ އަގުގަ. 9.5 ގެ ކޭހެއް އެންމެ 250 ރުފިޔާއަށް."

މީގެ އިތުރުން ރަހަމީރު ރޯމޭބިސްކަދުރުގެ ބާވަތްތައްވެސް އުފަންވެލި ޝޮޕްތަކުން ގެންދަނީ ވަރަށް ހެޔޮއަގުގައި ވިއްކަމުންނެވެ. މިގޮތުން ފެހި މޭބިސްކަދުރު ވިއްކަނީ 100 ގްރާމް 6 ރުފިޔާއަށެވެ. ހޯލްސޭލްކުރަނީ 4.5 ކިލޯގެ ކޭހެއް 250 ރުފިޔާއަށެވެ.

އޮރެންޖާއި މެންޑްރިންގެ ބާވަތްތަކަށް ބެލިނަމަވެސް ކިލޯއެއް އެންމެ 25 ރުފިޔާއިން ފެށިގެން އުފަންވެލި ޝޮޕްތަކުން ދަނީ ވިއްކަމުންނެވެ.
އުފަންވެލި ޝޮޕްތަކުން ގެންދަނީ ވަރަށް ގިނަ ބާވަތްތަކުގެ ކާބޯތެކެތި ވަރަށް ހެޔޮއަގުގައި ރޭޓީލް އަދި ހޯލްސޭލްކުރަމުންނެވެ.