ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް މީހަކު ހޯދަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 44ސ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަނީއެެވެ.

މި އަމުރާ ގުޅިގެން  ހޯދަނީ، ރ. އިންނަމާދޫ /  އަތިރީގެ، އަޙްމަދު ސާނީޒް (35އ) އެވެ.

އަޙްމަދު ސާނީޒް ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 މާރިޗު 15 ވަނަ ދުވަހުގެ 11:45 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ، އަޙްމަދު ސާނީޒް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެެއެވެ. 

މިއަދު އޮންލައިން