އިސްލާމީ މަރުކަޒުގަ މެންދުރު ނަމާދަށްހުރެ ކަރުނައަޅާ ރޯންޖެހުނު ސަބަބު!: ކިޔުންތެރިއެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އިސްލާމީ މަރުކަޒުގަ މެންދުރު ނަމާދަށްހުރެ ކަރުނައަޅާ ރޯންޖެހުނު ސަބަބު!: ކިޔުންތެރިއެއް

އަޅުގަނޑަކީވެސް ވެކްސިން ޖަހަން އިއްޔެ ދިއަ މީހަކީމެވެ. ކިޔޫގައި ހުރިއިރު ގައިދުރުކުރަން މަސައްކަތްކުރީމެވެ. ނަމަވެސް އެތަނުގައި ކަންކަން އިންތިޒާމުކޮށްފައި އޮތީ އެފުރުޞަތު ލިބޭ ގޮތަކަށް ނޫނެވެ. ގަދަ އއަވީގައި ދަލާއި ތަތްތެޅިގެން ހުރެ އައިސް ފަހަތުން ވިއްދައެވެ. ބައެއް ފަހަރު ކުރިމަތީގައި ހުންނަ މީހާ ފަހަތަށް ޖެހިވެސް ފިއްތާލައެވެ.

އެހެން ހުންނަތާ ދޮޅުގަޑިއެއްހައިއިރުވީފަހުން މެންދުރު ނަމާދަށް ގޮވަންފަށައިފިއެވެ. "ޙައްޔަޢަލަލް ފަލާޙް" ގޮވާއަޑު އިވުމުން ކިޔޫއަކު ނުހުރެވުނެވެ. ކިޔޫ ދޫކޮށްލާފައި ނުކުތީއެވެ. އެއީ "ކާމިޔާބު ލިބުމަށް އަވަހަށް އަންނާށެވެ" އެގޮވަނީ ﷲ ތަޢާލާގެ އެންގެވުމަށް ކަމަށް ޤަބޫލުކޮށް އަބަދުވެސް އެ އަޑަށް ޢިޖާބަދެވޭތީއެވެ.

އަދި އެއީ ކިތަންމެ ގޯސްކަމެއް ކަމަށް މިސްކިތްތަކުގެ ތާލަފިލިން ގޮވާ ކަމެއް ނަމަވެސް އިއްޔެ ވުޟޫކުރީ އިސްލާމީ މަރުކަޒުންނެވެ. އެއީ ގެއަށް ވުޟޫކުރަން ހިނގައްޖެނަމަ ޖަމާޢަތުގެ ނަމާދު ގެއްލިދާނެތީއެވެ.

ނަމާދަށް ޙަރަމްބަނުމަށްފަހު ޚުޝޫޢަތްތެރިވާން ޖެހޭނެ ކަން އެނގޭތީ އެކަމަށް މަސައްކަތްކުރީމެވެ. ނަމަވެސް ހިތަށް އަރަމުން ދިއަ ކަންކަން ވަރަށް ގިނައެވެ. އެކަމުގެ މައްޗަށް އެއްވެސް ބާރެއ ނުފޯރުވުނެވެ.

"ކިޔޫގައި ފިތުގެން މިހުރިހައި އިރު ހުރިއިރު ކޮރޯނާގެ ބިރުވެރިކަމެއް ނެތެވެ.، އެއިރުން އަހަރެންގެ ގައިގައި ބީހެމުން ދިއައީ ދަލުން ތަތްތެޅިގެން ތިބި މީހުންނެވެ. ވުޟޫކޮށް ސާފުތާހިރުވެގެން ތިބި މީހުންނާއިއެކު ހުންނަން މިޖެހުނީ ގައިދިރުކޮށެވެ. ރަސޫލް ﷺގެ ސުންނަތުގައި ކޮޅުފައިޖަހައިފައެވެ. އެމީހުން އެބުނާ ކަހަލައެވެ. ކަލޭމެން މުސްލިމުންނަށް ދެން ޖެހޭނީ އަހަރެމެން ބުނާ ގޮތަކަށް އުޅޭށެވެ. ހަދާނީ ބޭނުންގޮތެކެވެ. ކަންކަން ކުރާނީ ކުރާނެ ގޮތަކަށެވެ. ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ."

މިކަންކަން ހިތަށް އެރުމުން އަޅުގަނޑަށް ކަރުނަ އަޅައި ރޮވުނެވެ. ރާއްޖޭގައި ތިބި ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމުންގެ މުސްތަޤްބަލާއިމެދު ވިސްނައިލެވުމުން މޭ ބާރަށް ތެޅުނެވެ.

ނަމާދުގައި ހުރެ ދިމާވި ކަންކަމުގެ ސަބަބުން ޚުޝޫޢަތްތެރިކަމަށް ލިބުނު އުނިކަން ޢަފޫކުރައްވަވައިދެއްވަވާތޯ އާއި ރާއްޖޭގައި ތިބި ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމުންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ސަޖިދައިގައި ދުޢާކުރީމެވެ.

--މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި މައުލޫމާތުގެމައްޗަށް ލިޔެފައިވާ ލިޔުމެއް

 

މިއަދު އޮންލައިން