ބުޅަލުގެ ކެހެރިން ނޭވާ ހިއްލާ ބަލި ޖެހޭ!: ޑރ. ޢަފީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ބުޅަލުގެ ކެހެރިން ނޭވާ ހިއްލާ ބަލި ޖެހޭ!: ޑރ. ޢަފީފް

ތަޖުރިބާއިން އެނގެން އޮތް އެއްކަމަކީ ބުޅަލުގެ ކެހެރިން ނޭވާހިއްލާ ބަލި ޖެހޭކަމެވެ. އެއީ ކެހެރި ނޭފަތުން އެތެރެވުން ފަދަ ގޮތްތައް މެދުވެރިވުމުންނެވެ. 

"އެހެންވެ ކުރީ ގަ މީޙުން ގޭގަ ބުޅާ ގެންގުޅުނު ނަމަވެސް ހިފައި އޮޅައެއް ނުހަދާނެ. ބީހެވުނު ނަމަވެސް އަތްދޮވެ ސާފުތާހިރުވާނެ." 

މިކަމާއި ގުޅީގެން މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު، ޑރ. ޢަބްދުﷲ ޢަފީފް ވިދާޅުވީ ބުޅަލުގެ ކެހެރި ނޭފަތުން އެތެރެވުމުން އެކަމުގެ އަސަރުކުރާ މީހުންނަށް ފުރަތަމަ ފެންނާނެ ޢަލާމާތަކީ އެލަރޖީގެ ސަބަބުން ރޯގާ ނުފިލައި ހުންނަންފެށުން ކަމަށެވެ. ދެވަނަ ޢަލާމާތަކީ އުނދަގޫވާވަރަށް ކިނބިހިއެޅުން ކަމަށެވެ.  

"ވީމާ ކުޑަކުދިން އަދި ބޮޑެތި މީހުންވެސް ބުޅަލުގައި ބީހިއުޅެން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެ. ގޭގަ ގެންގުޅުނު ނަމަވެސް ގެންގުޅެންވާނީ މިބުނި ކަންކަމަށް ވަރަށް ބޮޑަށް ބަލައިގެން. ކެހެރީގެ އަސަރު ނުކުރާނެކަން ޔަޤީންކުރެވޭ ގޮތްތަކަށް. ހަމައެކަނި އަތްނުލަންވީއެއްވެސް ނޫން! ގައިގަ އުނގުޅުނަވެސް ނުދޭންވީ. އުނގުޅިއްޖެނަމަ ދޮވެ ސާފުތާހިރުކުރަންވާނެ!" ކަމަށްވެސް ޑރ. ޢަބްދުﷲ ޢަފީފް ވިދާޅުވިއެވެ. 

- މިއަދުނޫހަށް ޚާއްޞަ

މިއަދު އޮންލައިން