އުފަންވެލި ޝޮޕްތަކުން ކުޅުބިހާ ކުކުޅާ މޭވާގެ ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އުފަންވެލި ޝޮޕްތަކުން ކުޅުބިހާ ކުކުޅާ މޭވާގެ ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށްފި

އުފަންވެލި ޝޮޕްތަކުން ކުޅުބިހާ ކުކުޅާ މޭވާގެ ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށްފި އެވެ. 

ކުކުޅު ބިހެއް 1.40 އަށް ވިއްކާއިރު ކޭހެއް ވިއްކަނީ 275 ރުފިޔާއަށެވެ. ކުކުޅު ފައި (ޑްރަމްސްޓިކް) 900 ގްރާމްގެ ޕެކެޓެއް 45 ރުފިޔާއަށް ވިއްކާއިރު 12 ޕެކެޓްގެ ކޭހެއް ވިއްކަނީ 500 ރުފިޔާއަށެވެ. ކުކުޅު ކިލޯއެއް ވިއްކަނީ 26 ރުފިޔާއަށެވެ. ޗިކަން ސޮސެޖް ޕެކެޓެއް 12 ރުފިޔާއަށް ވިއްކާއިރު 24 ޕެކެޓުގެ ކޭހެއް ވިއްކަނީ 280 ރުފިޔާއަށެވެ. 

އަލުވި ކިލޯއެއް 10 ރުފިޔާއަށް ވިއްކާއިރު 10 ކިލޯގެ ބަސްތާއެއް ވިއްކަނީ 7 ރުފިޔާގެ ޜޭޓުން 70 ރުފިޔާއަށެވެ. ފިޔާކިލޯއެއް 15 ރުފިޔާއަށް ވިއްކާއިރު ބަސްތާއެއް ވިއްކަނީ 290 ރުފިޔާއަށެވެ. 

އޮރެންޖެއް 3 ރުފިޔާއަށް ވިއްކާއިރު 100 ގެ ކޭހެއް ވިއްކަނީ 250 ރުފިޔާއަށެވެ. 4.5 ކިލޯގެ ފެހި މޭބިސްކަދުރު ކޭހެއް 180 ރުފިޔާއަށް ވިއްކާއިރު ރަތް މޭބިސްކަދުރު ކޭހެއް ވިއްކަނީ 230 ރުފިޔާއަށެވެ. ކިލޯއެއް 51 ރުފިޔާއަށެވެ. 

މީގެ އިތުރުން، ލުބޯ، ކެރެޓް. މެންޑަރިން ފަދަ ގިނަ ބާވަތްތަކެއްވެސް ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ. 

ފިހާރައިން ބުނެފައިވަނީ ރޯދައަށް ހެޔޮ އަގުތަކުގައި ކުކުޅާއި ގެރިމަހާއި ތަރުކާރީ އާއި މޭވާ އާއި އެނޫންވެސް ގިނަ ބާވަތްތަކެއް މިހާރަށްވުރެވެސް ހެޔޮ އަގުގައި ވިއްކަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. 

އުފަންވެލި ޝޮޕްތަކަކީ ރާއްޖޭގައި ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އެންމެ ހެޔޮ އަގުތަކުގައި ވިއްކަމުންގެންދާ ފިހާރަތައް ކަމުގައި ފާހަގަކުރެވޭއިރު ރާއްޖެތެރޭގެ ފަރާތްތަކުން އޯޑަރުކުރުމުން އުޅަނދަށް ޑެލިވަރީވެސްކޮށްދެއެވެ.

މިއަދު އޮންލައިން