ކޮންމެ ދުވަހަކު ޑޭޓާ އައުވެގެންދާ ޕްލޭނެއް އުރީދޫއިން ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކޮންމެ ދުވަހަކު ޑޭޓާ އައުވެގެންދާ ޕްލޭނެއް އުރީދޫއިން ތައާރަފްކޮށްފި

އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އައު ޕްލޭންއެއްގެ ގޮތުގައި، 'އާޗާ ޑެއިލީ 2ޖީބީ' ޕްލޭން އުރީދޫއިން މިއަދު ތައާރަފްކޮށްފިއެވެ.

މި އައު ޕްލޭން އާއިއެކު މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް އެންމެ 750ރ އަށް ލިބިގެންދާނެއެވެ.

މިކަމާގުޅިގެން އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، 'އާޗާ ޕްރިޕެއިޑް' ޕްލޭންސް އާއެކު ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އައު ޑޭޓާ ބެލެންސްއަކާއި އެކު. އާޗާ 2ޖީބީ ޕްލޭންސްއާއެކު ކަސްޓަމަރުންނަށް މުޅި މަހަށް ބަހާލައިގެން ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާނެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ތަފާތު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނަ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ފަރުމާކޮށް އިތުރު ފުރިހަމަކަމާއިއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފޯރުކޮށްދިނުމަށް. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ތަފާތު އައު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން."

އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:

·  އުރީދޫ އެޕް http://ore.do/app  

·  އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD750” ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

·  1#929 އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރިޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929 އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ.

މިއަދު އޮންލައިން