އަންހެނާގެ ކުށެއް ނެތި ތިންފަށްވުމުން ކައިވެނިކުރުމަކީ ﷲ ރަޙްމަތް ލައްވަވާނެ ކަމެއް! މުޖުތަމަޢުއަށްވެސް ފައިދާކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އަންހެނާގެ ކުށެއް ނެތި ތިންފަށްވުމުން ކައިވެނިކުރުމަކީ ﷲ ރަޙްމަތް ލައްވަވާނެ ކަމެއް! މުޖުތަމަޢުއަށްވެސް ފައިދާކުރާނެ ކަމެއް!

ބައަކު ޢިލްމްވެރިއެއްގެ ގާތަށްގޮސް ދެންނެވިއެވެ. "އަޅުގަނޑުމެންގެ ކޮއްކޮ ކައިވެނިކުރިތާ އަހަރުވެސް ނުވަނީސް ތިންފަށްކޮށްފިއެވެ. އާދަކާދަ ހުންނަގޮތުން އޭނާއަށް ދެވަނަ ފިރިއަކު ލިބެން ހުރަސްތަކެއް އެބަހުއްޓެވެ. އެކަމަކު ތިންފަށްވާންޖެހުނީ ކޮއްކޮގެ ކުށަކުން ނޫނެވެ. ކިތަންމެ ކުޑަކަމެއް ދިމާވިޔަސް އަންނަ ރުޅި ކޮންޓްރޯލް ނުކުރެވިގެންގޮސް ވަރިބަސްބުނެވެނީއެވެ."  

ޢިލްމްވެރިޔާ ވިދާޅުވިއެވެ! "އެނބުރިދާށެވެ! އަދި މީސްތަކުންގެ ގާތުގައި ބުނާށެވެ! އަހުރެން ބުންޏެވެ! ކޮއްކޮއާއި ކައިވެނިކުރި މީހަކަށް އިން ޝާ ﷲ،ﷲ ރަޙްމަތް ލައްވަވާނެއެވެ. އަދި އޭނާ ވަރިކުރި މީހާ، އޭނާގެ އެނުބައި ސިފަ ދޫކޮށް އިޞްލާޙްވަންދެން އޭނާއާއި އެކަކުވެސް ކައިވެނިނުކުރާށެވެ! ރުޅި ކޮންޓްރޯލް ނުކުރެވުމަކީ ޝައިޠޯނާގެ ބައިވެރިންގެ ސިފައެކެވެ. ޝައިޠޯނާގެ ބައިވެރިއެއްގެ ކިބައިން ލިބޭނެ އެއްވެސް ރަނގަޅެއް ނުއޮންނާނެއެވެ."  

ގުޅުންހުރި ލިޔުމެއް! 

އަންހެނަކު ތިންފަށްވެއްޖެނަމަ އޭނާ އާއި ކައިވެނިކުރަން ޖެހިލުންވާ ބައަކު އުޅެއެވެ. އެކަމުގައި އޮތް ގޮތަކީ އޭނާއަށް 3 ފަށްވާން ޖެހުނު ސަބަބު ދެނެގަތުމެވެ. އެސަބަބަކީ އޭނާގެ ފުށުން މެދުވެރިވާ ސަބަބަށް ނުވާނަމަ އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާ ވާނީ އަނިޔާ ލިބިގެންވާ މީހަކަށެވެ.  

ހަމައެފަދައިން އެސަބަބު ކުރިމަތިވީ އޭނާގެ ސަބަބުން ކަމަށްވާނަމަ އެކަން އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ.  

ތަޖުރިބާއިން އެނގޭ ގޮތުގައި ގިނަ އަންހެނުންނަކީ އިޞްލާޙްވުމުން ކުރިއަށްވުރެ މާރަނގަޅަށް އުޅޭ ބައެކެވެ. ވީމާ 3 ފަށްވުމަކީ ކައިވެނިކުރަން ފަސްޖެހެންވީ ސަބަބެއް ނޫނެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

"ތިންފަށްވެފަ ތިބޭ އަންހެނުންނާއި ކައިވެނިކުރުމުން ފާފަވެރިވާނެތޯ؟"  

"3 ފަށްވެފައި އިން އަންހެނަކާއިއެކު ދިރިއުޅުމުގެ ނިޔަތުގައި (ފަށްކަނޑާކަށް ނޫން) ކައިވެނިކުރުން ވާނީ ކުރެވޭ ހެޔޮ ކަމަކަށެވެ. އެކަމަށް އޮތީ ހިތްވަރުދިނުމެވެ. އެހެނީ އޭނާ އެހުރީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ. ކުރީގެ ފިރިމީހާ އާއިއެކު ދިރިއުޅެން ކުރި މަސައްކަތް ފޭލްވުމުން އިންތިހާއަށް ކަންބޮޑުވެފައެވެ. ގިނަ ފަހަރަށް ބޮޑު ނިކަމެތިކަމެއްގައެވެ. 

އެފަދަ ޙާލަތުގައި އިންނަ އަންހެނަކާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައި މަސައްކަތްކުރުން އެއީ މުޖުތަމައުގެ ކަންކަން އިޞްލާޙްކުރަން ކުރެވޭ މަސައްކަތަކަށްވެސް ވާނެއެވެ. އެހެނީ އަންހެނަކު އެކަނި އިންނަން ޖެހުމަކީ އިޖުތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވާން ދިމާވާ ސަބަބަކަށްވާތީއެވެ. 

 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން