ދުވަސްނިމިގެންދާއިރު ދަރިފުޅު އެންމެ ނަމާދަކަށް މިސްކިތަށް ގެންގޮސްލާނެ ވަޤުތުވެސް ހަމަ ނުވަނީތަ؟ ބަންދުދުވަސްތައްވެސް ނާންނަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ދުވަސްނިމިގެންދާއިރު ދަރިފުޅު އެންމެ ނަމާދަކަށް މިސްކިތަށް ގެންގޮސްލާނެ ވަޤުތުވެސް ހަމަ ނުވަނީތަ؟ ބަންދުދުވަސްތައްވެސް ނާންނަނީތަ؟

ވަޒިފާގެ ކަންކަން ހުންނަ ގޮތުން މަސައްކަތު ގަދީގައި ދަރިން މިސްކިތަށް ނުގެންދެވިދާނެއެވެ. ސުވާލަކީ 5 ނަމާދުގެ ވަޤުތުގައިވެސް ހަމަ މަސައްކަތްކުރަނީ ހެއްޔެވެ؟ ބަންދު ދުވަސްތައްވެސް ނާންނަނީ ހެއްޔެވެ؟  

މިދިއަ ހުކުރު ދުވަހުގެ މަޣްރިބް ނަމާދުގައިވެސް މިސްކިތުން ފެނުނީ އެންމެ ކުޑަކުއްޖެކެވެ. އެއީ ޢާންމުކޮށް އެކަނި މިސްކިތައް އަންނަ ކުއްޖެކެވެ. މިއީ ބައްޕައިންގެ ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ. ޤިޔާމަތްދުވަހު ޖަވާބުދާރީވާންޖެހޭނެ އެންމެ ބޮޑު މައްސަލައިގެ ގޮތުގައިވެސް ބައެއް ޢިލްމްވެރިން ފާހަގަކުރައްވައެވެ.  

އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.  

7 އަރުން މަތީގެ 2 ފިރިހެން ދަރިން އެބަތިއްބެވެ. ފިރިމީހާގެ ބިޒީކަން ބޮޑުކަމުން ދަރިއަކު ގޮވައިގެން މިސްކިތުގެ ޖަމާޢަތަށް ގޮސްލާނެ ވަޤުތެއްވާކަމަކަށް ނުވެއެވެ. އެކަމަކު ޢާންމު ގޮތެއްގައި ދުވާލަކު 2، 3 ގަޑިއިރު އެކުވެރިންނާއިއެކު ވަޤުތު ހޭދަކުރާކަން އެނގެއެވެ.  

މިފަދައިން ކަންކަންކުރާ ބައްޕައިންނަށް ބުނަން އޮތް ބަހަކީ ކޮބާ؟ ވަރަށް ނުފެނޭ އެފަދަ ވާހަކަ-  

ކިޔުންތެރިޔާއަށް ނަންގަނެލަން އޮތީ ތިއަ މައްސަލައަކީ މިއަދުނޫހުން އަބަދުވެސް ފާހަގަކުރަމުން އަންނަ މައްސަލައެކެވެ. ހޭލުންތެރިކުރުވަން މަސައްކަތްކުރެވެއެވެ. ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުން ގެންދާނަމެވެ.  

ތިރީގައިވާ ލިޔުމުން ވަރަށް ރަނގަޅަށް މަޢުލުމާތު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ! އިން ޝާ ﷲ   

އެކުވެރިން ގޮވައިގެން ކޮފީއަށްދާނެ ވަޤުތުވާ ބައްޕައިންނަށް ދަރިފުޅު ގޮވައިގެން ނަމާދުގެ ޖަމާއަތަށް ދެވެނީ ކިތައްފަހަރުތަ؟ 

ޝައިޚް ޒަމްޒަމް ފާރިޝް މިމޭރުމުން ސުވާލުކުރައްވަވާފައިވަނީ މީގެ 5 އަހަރެއްހައި ދުވަސްކުރިންނެވެ.  އެއިރުވެސް މިއަދުނޫހުގައި މިސުވާލުގެ ވާހަކަ ލިޔުނީމެވެ. މުހިންމު ސުވާލަކަށްވާތީއެވެ. މިއަދާއި ހަމައަށްވެސް ޙާލަތު ބަދަލެއް ނުވެއެވެ. މުހިންމުކަން ބޮޑުކަމުން އަނެއްކާވެސް ހަނދާންކޮށްލަދިނުމުގެ ގޮތުން ލިޔެލަމެވެ.  

ޝައިޚް ޒަމްޒަމް ފާރިޝް ކުރައްވާފައިވާ "ރަހްމަތް ތެރިން ގޮވައިގެން ކޮފީއަށް ދެވޭއިރު، ދަރިފުޅު ގޮވައިގެން ނަމާދުގެ ޖަމާއަތަށް ދެވެނީ ކިތައްފަހަރުތަ؟" މިސުވާލަކީ ކޮންމެ ޢިބާރާތަކުން ނަމަވެސް ކޮންމެ ބައްޕައކާއިވެސް ޤިޔާމަތް ދުވަހު ކުރިމަތިކުރައްވަވައިފާނެ ސުވާލެއްކަމާއި ޖަވާބުދޭން ޖެހިދާނެ ސުވާލެއްކަމަށް ވިސްނައިލަނީ ކިތައް ބައްޕައިންތޯއެވެ؟   

ޝައިޚް ޒަމްޒަމް ފާރިޝްގެ މިސުވާލަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ މިހާރުގެ ޙާލަތާއި ވަރަށް ގުޅުންހުރި ސުވާލެކެވެ. އެހެނީ ވަޒީފާ އަދާކުރާ ބައްޕައިން ރަސްމީ ވަގުތުތަކުގައިވެސް ކޮފީމޭޒުތަކުން ފެނެއެވެ. މެންދުރު ނަމާދު ވަގުތުވެސް ފެނެއެވެ. ޢަޞްރު ނަމާދު ވަގުތުވެސް ފެނެއެވެ. އެހެން ނަމާދުވަގުތުތަކުގައިވެސް ފެނެއެވެ.  

ކޮފީ މޭޒުދޮށުގައި މަދުވެގެން ގަޑިއެއްހާއިރު ހާދަކުރާއިރު ސައިކަލުގައި ގެއަށް ގޮސް ދަރިފުޅު ގޮވައިގެން ޖަމާއަތަށް ގޮސް 10 މިނިޓް ހޭދަކޮށްލާނެ ވަގުތު އޮންނަ ކަމަކަށް ނުވެއެވެ. ނަމާދަކަށް ވުޟޫ ކުރުމާއިއެކު ބެލި ނަމަވެސް ނަގާނީ 15 މިނިޓެއްހައި އިރެވެ.

ބައްޕައިންގެ ސަމާލުކަން ނުލިބޭތީ ތަޤްވާވެރި މައިންނަށް ޖެހެނީ ދަރިން އެކަނި މިސްކިތަށް ފޮނުވާށެވެ. އެކަމުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. ޖަމާއަތުގެ ވަގުތުގައި މިސްކިތުގައި ކުދިންތައް އުޅޭ ގޮތް ވެސް ދަނީ ފެންނަމުންނެވެ.  

މިކަން މިގޮތަށް ފާހަގަކުރެވުނު ނަމަވެސް ބައެއް ކުދިންނަށް އެކަނި މިސްކިތަށް ދާންޖެހުނު ނަމަވެސް ވަރަށް ރަނގަޅަށް ކަންކަން ކުރާތަންވެސް ފެނެއެވެ. ނަމާދު ނިމިގެން ސުންނަތް ކުރާތަނާއި ޚަތިމް ނަގައިގެން ޤްރްއާން ކިޔަވާލަން އިންނަ ތަންވެސް ފެނެއެވެ. ބައެއް ކުދިން ހިނިތުންވެ ތިބެ މުސްކުޅިންނާއި ސަލާމްކޮށްލައި އުޅޭތަންވެސް ފެނެއެވެ. ޢަޞްރު ނަމާދަށްފަހު ހެނދުނާއި ހަވީރުގެ ޛިކްރު ފޮތް ހިފައިގެން ކިޔަން ތިބޭތަންވެސް ފެނެއެވެ. ބައެއް ކުދިންގެ އިންތިޒާރުގައި މަންމަ މިސްކިތު ފާރު ކައިރީގައި ހުރެ އިންތިޒާރުކުރާތަންވެސް ފެނެއެވެ. އެކުދިންނަށް ބައްޕައިންގެ އެހީތެރިކަން ލިބޭނެނަމަ އެކުދިންނަކީ ހާދަ ރަނގަޅު ކުދިން ކަމުގައި ވެގެންދާނެއެވެ. 

ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ޖެހުމުންނާއި ވަޒީފާގެ ޙާލަތުގެ ސަބަބުން ދަރިން ގޮވައިގެން މިސްކިތަށް ނުދެވޭ ބައްޕައިންވެސް ތިބޭނެއެވެ. އެމީހުންގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ނަމަވެސް ޒިންމާ އަދާނުކޮށް ކޮފީ މޭޒުތައް ކައިރީގައާއި އެހެންވެސް ތަންތަނުގައި ވަގުތު ބޭކާރުކުރާ ބައްޕައިންނަށް އެކުރެވެނީ ހާދަ ބޮޑު ފާފައެކެވެ!  

ކޮފީ ބުއިމަކީ ހުއްދަ ކަމެއް ނަމަވެސް ޖަމާއަތަށް ނަމާދަށް ނުގޮސް އަދި ތިމާގެ ބެލެނިވެރިކަމުގެދަށުގައި ތިބޭ ކުދިން ނަމާދަށް ނުގެންގޮސް ކޮފީ ބޯން ތިބުމަކީ ހަމަ ޔަޤީނުންވެސް އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ.  

މިކަމާއި ގުޅިގެން ޢިލްމުވެރިން ވިދާޅުވަނީ ތިމާގެ އަނބި ދަރިން ނަރަކައިން ސަލާމަތް ކުރުމަށް ﷲ ތަޢާލާ ގަދަ އަމުރުފުޅުން އަމުރުފުޅު ކުރައްވަވާފައިވާ ކަމަށެވެ. އަދި ނަރަކައިން ސަލާމަތް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ނަމާދުކުރުވައި ނަމާދުކުރަން އަހުލުވެރި ކުރުވުނަ ކަމަށެވެ. އެކަން ނުކުރިނަމަ ﷲ ތައާލާގެ އަމުރުފުޅަށް ކިޔަމަން ނުވުމުގެ ޒިންމާ ކޮންމެ މީހަކުވެސް އުފުލަން ޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން