ބައިވެރިޔާގެ ޢާއިލާއަށް ނުވަތަ ޢާއިލާގެ މީހަކަށްވެސް ނުބައި، ދެރަ ނިކަމެތި ބަސްތައް ބުނުމަކީ އެކަމުގެ އަސަރު ދެމަފިރިންގެ ދިރިއުޅުމަށްކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބައިވެރިޔާގެ ޢާއިލާއަށް ނުވަތަ ޢާއިލާގެ މީހަކަށްވެސް ނުބައި، ދެރަ ނިކަމެތި ބަސްތައް ބުނުމަކީ އެކަމުގެ އަސަރު ދެމަފިރިންގެ ދިރިއުޅުމަށްކުރާނެ ކަމެއް!

ކަންކަން މެދުވެރިވާ ގޮތަކުން ބައިވެރިޔާ އޭނާގެ ޢާއިލާއަށް ނުވަތަ ޢާއިލާގެ މީހަކަށް ނުރުހުންވެ ރުޅިއައިސްގެންވެސް ހުރެދާނެއެވެ. އެފަދަ ވަޤުތަކުވެސް އޭނާގެ ޢާއިލާއަށް ނުވަތަ ޢާއިލާގެ މީހަކަށް ނުބައިބަސްތައް ނުބުނާށެވެ.  

ފަހަރެއްގައި އެވަޤުތު އޭނާ އެއަޑުއަހަން ހުރެދާނެއެވެ. ނަމަވެސް އެރުޅި މަޑުވެ ހަމަޖެހުމަކަށް އައުމުން ތިބާ އޭނާގެ ޢާއިލާއަށް ބުނި ނުބަސްތަކަށް ތިބާއަށް ނަފްރަތުކުރާނެއެވެ. ޢާއިލީ މައްސަލަތައް ޙައްލުވާނެއެވެ. ކުރިން ރުޅި އައިނަމަވެސް މައްސލަ ޙައްލުވުމުން ޢާއިލާދެކެ ލޯބިވާނެއެވެ.  

އެއީ ޠަބީޢީކަމެކެވެ. އަދި އެއްވެސް މީހަކު އޭނާގެ ޢާއިލާއަށް އެހެން މީހަކު ނުބައި ބަސްތައް ބުނުމަކަށް ނުރުހޭނެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެމީހެއްގެ ހިތުގައި އެކަން އޮންނާނެއެވެ. ދެމަފިރިން ނަމަވެސްމެއެވެ.  

ވީމާ އެފަދަ ވަޤުތަކުވެސް އޭނާގެ ޢާއިލާއިން އޭނާއަށް ކޮށްދީފައިވާ ރަނގަޅު ކަންތައްތައް ހަނދާންކޮށްދީ ޢާއިލާ އަށް ނުރުހިގެން ނުހުންނަން ބުނާށެވެ! އެގޮތުން ދައްކާނެ ރަނގަޅު ވާހަކައެއް ނެތްނަމަ ރަނގަޅު ގޮތަކީ ބަހެއް ނުބުނެ މަޑުން ހުރުމެވެ. އޭނާ އަމިއްލައަށް މައްސަލަތައް ޙައްލުކުރަން ދޫކޮށްލުމެވެ.  

މިކަމަކީ ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ދެމަފިރިންގެ ގުޅުން ވަރުގަދަކޮށް ބޭއްވުމަށްވެސް ކުރަންޖެހޭ ކަމެކެވެ. ސަމާލުކަން ނުދޭނަމަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.

 

- ހީނާ ޚާން ޚާން-މުޚްތާރުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން